ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
| 
 ފައިނޭންސް އޮފިސަރ  | 
 މަޤާމް  | 
|
| 
 ދާއިމީ  | 
 މަޤާމުގެ ގިންތި  | 
|
| 
 އެމް. އެސް. 1  | 
 މަޤާމުގެ ރޭންކް  | 
|
| 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ކްލެސިފިކޭޝަން  | 
|
| 
 މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ  | 
 އޮފީސް / އިދާރާ  | 
|
| 
 ކޯޕަރޭޓް އެފެއާޒް ޔުނިޓް  | 
 ޔުނިޓް  | 
|
| 
 5610.00 ރުފިޔާ  | 
 މުސާރަ  | 
|
| 
 2000.00 ރުފިޔާ  | 
 ސަރވިސް އެލަވަންސް  | 
|
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު  | 
|
| 
 - އެކައުންޓިންގ / ފައިނޭންސް / ބިޒިނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މިފަދަ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - އެކައުންޓިންގ / ފައިނޭންސް / ބިޒިނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - އެކައުންޓިންގ / ފައިނޭންސް / ބިޒިނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 މަޤާމުގެ އަސާސީ ޝަރުޠުތައް  | 
|
| 
 - މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން، ކައުންސިލްގެ ފައިސާއާބެހޭ އެންމެހައި ކަންކަން ރާވައި، ހިންގައި ބެލެހެއްޓުން. - ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް، ކައުންސިލްގެ ރައީސްގެ ލަފާގެމަތީން ތައްޔާރުކޮށްފައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުން. - ކައުންސިލްގެ އަހަރީ ބަޖެޓް، ކައުންސިލުން ނިންމާގޮތެއްގެމަތީން ތައްޔާރުކުރުން. - ކައުންސިލުން ކުރާ އެންމެހައި ޚަރަދުތައް ބަލަހައްޓައި، ގަވައިދުތައް ހަމަޖެހިފައިވާ ގޮތުގެ މަތީން ފައިސާދީ ނިންމުން. - ކައުންސިލް އިދާރާއަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ހޯދައި، ޕްރޮކިޔުމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހިންގޭނޭގޮތުގެ އިންތިޒާމްކޮށް ބެލެހެއްޓުން. - ކައުންސިލް އިދަރާގެ އެންމެހައި އެކައުންޓްތައް، މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް ބަލަހައްޓައި، ދުވަހުން ދުވަހަށް އެކައުންޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. - ކައުންސިލަށް ލިބޭ ޢާމްދަނީގެ ހިސާބުތައް ބަރާބަރަށް ބަލަހައްޓައި، ކައުންސިލަށް ލިބެންޖެހޭ އާމްދަނީއެއްވާނަމަ، އެ ފައިސާ ހޯދުމަށް މަސައްކަތްކުރުން. - މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - ކައުންސިލްގެ އިންވެންޓްރީއާއި މުދާ، މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ބެލެހެއްޓުން. - ސަރުކާރުން ކައުންސިލަށްދޭ އަހަރީ ބަޖެޓުގައި ހިމެނޭ ފައިސާ، ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ހޯދުމަށް މަސައްކަތްކުރުން.  | 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް  | 
|
| 
 - ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.  | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
|
| 
 މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި، ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެފަރާތަށް އެންގޭނެއެވެ.  | 
 އިންޓަވިޔު، ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު  | 
|
| 
 މި ވަޒީފާޔަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖޫން 16 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން، ވަޒީފާޔަށް އެދި ހުށަހަޅާ ފޯމާއެކު، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.  | 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި  | 
|
| 
 ދިވެހި ސިވިލްސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.  | 
 އުޖޫރައާއި ޢިނާޔަތްތައް  | 
|
| 
 - ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމް، މި ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއއް (ސާފުކޮށް ކިޔަން އެނގޭގޮތަށް ނަގާފައިވާ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް)  | 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
|
| 
 މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013 ނަންބަރު ފޯނަށެވެ. ފެކްސް ކުރާނީ 6560013 ނަންބަރަށެވެ. އީމެލް ކުރާނީ [email protected] އަށެވެ.  | 
 އިތުރު މަޢުލޫމާތު  | 
|
17 ޝަޢުބާން 1436
