ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަށް މީހުން ހާޒިރު ކުރުމާއި ގުޅޭ
އިންޑިއާ ގެ ޓްރިވެންޑްރަމް ރައްޔިތެއްކަމަށްވާ މުޙައްމަދު ސަމީރު (ސަންބޫ ކަރުނަން( (ޕާސްޕޯޓް ނަންބަރު K0766814) އަކީ މިކޯޓަށް ހުށަހެޅި ހިނގަމުންދާ ޢާއިލީ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޟިރުކުރަން ބޭނުންވެ، ކޯޓަށް ހާޟިރުވުމުގެ އަމުރު ރައްދުކުރެވިފައި ނުވާ ފަރާތެކެވެ.
ވީމާ މިކޯޓުގެ ޢާއިލީ މައްސަލަ ހިންގުމަށްޓަކައި މުޙައްމަދު ސަމީރު (ސަންބޫ ކަރުނަން) 05 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 11:00 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް އަންގަމެވެ. އަދި 05 ސެޕްޓެމްބަރ 2024 ވަނަ ދުވަހު 11:00 އަށް މުޙައްމަދު ސަމީރު (ސަންބޫ ކަރުނަން) މިކޯޓަށް ހާޟިރުނުވެއްޖެ ނަމަ މުޙައްމަދު ސަމީރު (ސަންބޫ ކަރުނަން) ގެ ޣައިރު ހާޟިރުގައި މިމައްސަލަ ކުރިއަށް ގެންދެވޭނެއެވެ.
13 އޮގަސްޓް 2024
ހޯދާ