ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އިދާރާގެ، ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
| 
 މަޤާމް:  | 
 އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)  | 
| 
 މަޤާމުގެ ގިންތި:  | 
 ކޮންޓްރެކްޓް (2 އަހަރު ދުވަހަށް)  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 3  | 
| 
 މަޤާމުގެ ކްލަސިފިކޭޝަން:  | 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 މަޤާމުގެ ނަމްބަރު:  | 
 265702  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 އޮފީސް / އިދާރާ:  | 
ކެނދިކުޅުދޫ ކައުންސިލް އިދާރާ | 
| ޔުނިޓް: | 
 އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔްނިޓް  | 
| މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: | 
 ކެނދިކުޅުދޫ ކައުންސިލް އިދާރާ  | 
| މުސާރަ: | 
 4465.00 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
1500.00 ރުފިޔާ | 
މަޤާމުގެ އަސާސީ ޝަރުޠު:
- އެޑްމިނސްޓްރޭޝަން / ވޭސްޓް މެނޭޖްމަންޓް ނުވަތަ އެލްކްޓރީޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށަފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
 - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- އަލަށް އުފަންވާ ކުދިންނާއި، މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުން.
 - ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުން.
 - މިސްކިތްތަކުގެ މަސައްކަތްތައް މެނޭޖްކުރުން.
 - ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
 - ރަށްވެހިނުވެ ދިރިއުޅެމުންގެންދާ މީހުންނާއި، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓން.
 - އިޖުތިމާޢީ ސަރަޙައްދުތަކާއި، މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓޭނެ އިންތިޒާމް ކައުންސިލްގެ ލަފާގެމަތީން ހަމަޖައްސައި، އެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
 - އުފަންދުވަހުގެ ސެޓްފިކެޓާއި، އުފަންދުވަހުގެ ރެޖިސްޓްރީ ހެދުން.
 - ރަށުގެ އާބާދީ އެކިއުމުރު ދެޖިންސް ވަކިން އަދަދު ބެލެހެއްޓުން.
 - ރަށުން ގޯތި ލިބިފައިވޭތޯ ޗެކްކުރުމަށް އަންނަ މެސެޖްތަކަށް ޖަވާބުދިނުން.
 - އިޖުތިމާއީ ކަރަންޓްވިޔުގަ ދިއްލައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
 - މީގެ އިތުރުން، ކައުންސިލް އިދާރާގެ ރސްމީ މަސައްކަތްތަކާ ގުޅިގެން ޔުނިޓް ހެޑް އަންގާ މަސައްކަތްކުރުން.
 
ވަޒީފާޔަށް އެއްމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
 - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
 - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
 
އިންޓަވިޔު އޮންނާނެ ވަގުތާއި، ތަން:
މި ވަޒީފާޔަށް އިންޓަވިޔުކުރުން އޮންނާނީ، ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ. އިންޓަރވިޔު އޮންނާނެ ތާރީޚާއި ވަގުތު، އިޢުލާނަށް މުއްދަތު ހަމަވާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހުގެ ތާރީޚު:
މި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ، 2015 ޖޫން 10 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ކެނދިކުޅުދޫ ކައުންސިލް އިދާރާއަށެވެ.
މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:
މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ، 2015 ޖޫން 10 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ކެނދިކުޅުދޫ ކައުންސިލް އިދާރާއަށެވެ. އެޕްލިކޭޝަން ފޯމް، ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އުޖޫރައާއި ޢިނާޔަތްތައް؛
ސިވިލް ސަރވިސްގެ ޤަވައިދުގައި ހަމަޖެހިފައިވާ އުސޫލުތަކުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާޔަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކައުންސިލް އިދާރާއިން)
 - ސިވިލް ސަވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއެއް. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި، ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް އެކްރެޑިޓްކޮށްފައި ނުވިނަމަވެސް، އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.)
 - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް ނެގިފައިވާ ސާފު ކޮޕީއެއް.
 
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6560013 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6560013 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
14 ޝަޢުބާން 1436
