ދިވެހިރާއްޖެ
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ސާރވެއަރެއްގެ ގޮތުގައި ރަޖިސްޓަރވުން.
ސާރވެއަރުން ރަޖިސްޓަރ ކުރުމުގެ އޮނިގަނޑަށް ގެނައި ބަދަލާއި ގުޅިގެން، މި އޮތޯރިޓީގެ ސާރވެއަރުންގެ ދަފްތަރުގައި ރަޖިސްޓަރ ވުމަށް އެޕްލިކޭޝަން ހުށަހެޅުމަށް، މި އޮތޯރިޓީގެ އިއުލާން ނަމްބަރު (IUL)431-AHP/1/2021/22 (22 ނޮވެމްބަރ 2021) ގެ ދަށުން ވާނީ އާންމުކޮށް އަންގާ އިއުލާން ކޮށްފައެވެ. މި އިއުލާންގެ ދަށުން ފޯމު ހުށަހަޅާ ރަޖިސްޓަރވާ ފަރާތްތަކަށް މި އޮތޯރިޓީއިން ދަނީ އައު ސެޓްފިކެޓާއި ސާރވެއަރ ނަމްބަރު ދޫކުރަމުންނެވެ. މި އިއުލާންގެ ދަށުން ރަޖިސްޓަރވާން ފޯމު ހުށަހަޅާފައިނުވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި އޮތޯރިޓީއަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް އަންގަމެވެ. މި ދެންނެވި ތާރީޚުގެ ފަހުން މި އޮތޯރިޓީގެ ސާރވެއަރުންގެ ދަފްތަރުގައި ހިމެނިގެންދާނީ މި ދެންނެވި އިއުލާންގެ ދަށުން ފޯމު ހުށަހަޅުއްވާ ރަޖިސްޓަރވެފައިވާ ފަރާތްތަކެވެ.
ރަޖިސްޓަރ ވުމަށް ހުށަހަޅަންޖެހޭ ފޯމް މި އޮތޯރިޓިގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
08 އޮގަސްޓް 2024މ.