ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުލް ޖާމިޢު (ކުޑަމިސްކިތް) ސީލިންގު ކުރުން
މަސްޖިދުލް ޖާމިޢު (ކުޑަމިސްކިތް) ސީލިންގު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ:2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި ކައުންސިލްގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު (އިޢުލާން ނަމްބަރ، ކުންފުނީގެ ނަމާއި އެޑްރެސް / ރަޖިސްޓްރީ ނަމްބަރ / ފޯން ނަމްބަރ / އީމެއިލް އެޑްރެސް)، ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މަޢުލޫމާތުޝީޓު އަދި ބިޑްޑޮކިއުމެންޓް މެއިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ބޭނުންވާނަމަ 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:30 އަށް މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި) |
26 އޮގަސްޓް 2024 |
ހޯމަ
|
13:00 |
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- ހުށަހަޅާ އަގަށް: %70 (ހަތްދިހަ އިންސައްތަ) (އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މާލީ ޤާބިލްކަން: %20 (ވިހި އިންސައްތަ) (ހުށަހަޅާ ބޭންކް ސްޓޭޓްމަންޓްގެ ކޭޝްއިން އެވްރެޖް ޕްރޮޖެކްޓްގެ %70 ކަވަރުވާނަމަ މާކްސް ލިބޭނެއެވެ. ( އެންމެ ބޮޑު ޢަދަދު ބެންޗްމާކު ކަމުގައި ބަލައިގެން )
- ތަޖުރިބާ: (ދިހައެއް އިންސައްތަ) (ގުޅުންހުރި ޕްރޮޖެކްޓް ތަކަށް އެކަނި)
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.