ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިޢުލާނަކީ މި ޑިޕާޓްމަންޓުގެ ނަންބަރު IUL)166/166/2014/42) (އޭޕްރީލް 13، 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމް: އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 3

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)              

މުސާރަ:  މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ބަޖެޓް، ފައިނޭންސަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން                    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަން މުވައްޒަފުންނަށް ލަފައާއި އިރުޝާދުދީގެން ބަލަހައްޓާ ތިރީގައިމިވާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ސެކްޝަނުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަގޮތެއްގައި ހަވާލުކޮށް، އެންމެހައި މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގުން:

- ޑީ.އެޗް.އީ ގެ މައި ބަޖެޓާއި އެހެނިހެން އެކައުންޓްތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، ކޮންޓްރޯލްކުރުމާއި، އެކައުންޓްތަކުގެ ހުރިހާކަމެއް، މާލިއްޔަތު ޤަވައިދާ އެއްގޮތަށް ބެލެހެއްޓުން.

- ޑީ.އެޗް.އީއަށް ރިޕޭމަންޓުގެ ގޮތުގައްޔާއި އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ފައިސާ، މާލިއްޔަތު ޤަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، އެކަމާ ގުޅޭ ހުރިހާ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުވުން.

- އެ އަހަރެއްގެ ބަޖެޓާ ގުޅިގެން ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ، ބަޖެޓުގެ ކަމާބެހޭ ކޯޑަށް ދުރާލައި ހަމަޖައްސައި ރިޒާވްކުރުމާއި، ބަޖެޓާ ގުޅިގެން ފައިނޭންސް ޔުނިޓުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 

- ކުރިޔަށް އޮންނަ އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓް، ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން ތައްޔާރުކޮށްފައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް، މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދިނުމުގެ މަސައްކަތް ކުރުވުން.

- ބަޖެޓާ ގުޅިގެން ބައިވެރިވާންޖެހޭ އެކިއެކި ބައްދަލުވުންތަކުގައި، ވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެ، އެ ބައްދަލުވުންތަކުގައި އޮފީސް ތަމްސީލުކުރުން.

- ފައިސާގެ ހިސާބުތައް އޮޑިޓްކުރުމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާއިން އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، އެ މަސަކަތްތަކުގައި އެހީތެރިވުން.

- ޑީ.އެޗް.އީއަށް ރީޕޭމަންޓުގެގޮތުގައްޔާއި އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ފައިސާ، މާލިއްޔަތު ޤަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، އެކަމާ ގުޅޭ ހުރިހާ ހިސާބުތައް ބަލަހައްޓައި ރިޕޯޓްތައް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠު

1. އެކައުންޓިންގ،  އެކައުންޓިންގ  އެންޑް  ފައިނޭންސް  ނުވަތަ  ފައިނޭންސް  ހިމެނޭ  ދާއިރާއަކުން  ދަށްވެގެން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 4 ގެ  ސަނަދެއް  ހާސިލްކޮށްފައިވުމާއެކު،  އެކައުންޓިންގ،  އެކައުންޓިންގ  އެންޑް  ފައިނޭންސްގެ  ދާއިރާއެއްގައި  6  އަހަރު  ދުވަހުގެ  މަސައްކަތު  ތަޖުރިބާ  ލިބިފައިވުން. ނުވަތަ؛

2. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ބަޖެޓް ހެދުން ނުވަތަ ބަޖެޓާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން:

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 ޖޫން 21 އާއި 25 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާރޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ. މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށްޓަކައި، މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި، ވަޒީފާ އަދާކުރައްވަން ފެށި އަދި ވަކިވިނަމަ ވަކިވިދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.)

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 15 ވަނަ ދުވަހުގެ 14:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341307 ނަންބަރު ފޯނަށް ނުވަތަ 3341303 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

15 ޝަޢުބާން 1436

02 ޖޫން 2015
ހޯދާ