ދިވެހިރާއްޖެ
މި މިނިސްޓްރީ އާއި ފެމެލީ ކޯޓާ ގުޅިގެން ކައިވެންޏާއި ޢާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް "مَوَدَّة ފޯރަމްގެ" ގެ ނަމުގައި ސިލްސިލާ ޕްރޮގްރާމްތަކެއް ބޭއްވުމަށް ޤަޞްދުކުރެވިފައިވެއެވެ. މި ޕްރޮގްރާމް 16 އޮގަސްޓް 2024 ވާ ހުކުރު ދުވަހުގެރޭ 20:30 އިން 22:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 15 އޮގަސްޓް 2024 ވަނަ ދުވަހުގެ 22:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މި މިނިސްޓްރީގެ އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޒީނާ މުޙައްމަދު 9996372 ނުވަތަ އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު މޫނިފާ 9738899 އާއި ގުޅުއްވުން އެދެމެވެ.
ގޫގުލް ފޯރމް ލިންކް : https://forms.office.com/Pages/DesignPageV2.aspx?subpage=design&FormId=sqDpq4twz0yUxSL_0SUEZ8BFLxjLRshOuoHZv9osLwxUQ1A3WE4zQlVLS0JYUDRVRVpVQ0MzT00wRy4u&Token=8e1ac49e17054f21b24d5fa655dcd63b ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ. 8 صفر 1446 12 އޮގަސްޓް 2024 |