ދިވެހިރާއްޖެ
އިޢުލާން
ރަށުގެ ވަށައިގެންވާ ހޭޅިފަށުގައި ހުރި ފޯދުނު ބައެއް ރުއްތަށް ރާއެރުމަށްޓަކާ ދޫކުރުން |
ރަށުގެ ވަށައިގެންވާ ހޭޅިފަށުގައިހުރި މިއިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯދުނު 09( ނުވައެއް ) ރުއް 02 ( ދޭއް ) އަހަރު ދުވަހުގެ މުއްދަތަށް ރާއެރުމަށްޓަކައި ދޫކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާތީ، މިކަމަށް އެދޭ ފަރާތްތަކުން ރުކަކަށް މަދުވެގެން މަހަކު 40 ( ސާޅީސް ) ރުފިޔާއަށްވުރެ ކުޑަނޫން ޢަދަދެއް ނުވަތަ އެއަށްވުރެ ބޮޑުޢަދަދެއްލިޔެ ސިޓީއަކުން ފީއަލީ ކައުންސިލް އިދާރާއަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިގޮތުގެ މަތިން ސިޓީ ހުށައެޅޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
1 |
ސިޓީ ހުށައެޅޭނެ ތަނާއި ގަޑި: |
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:30 ށް ފީއަލީ ކައުންސިލް އިދާރާއަށް |
|
2 |
ހުށައަޅާ ސިޓީގައި ލިޔާ ފައިސާގެ ޢަދަދު ފަރާތް ޢާއްމުކުރުން: |
ކޮންމެ ދުވަހަކު ހުށައަޅާ ސިޓީގައިވާ ފައިސާގެ ޢަދަދު، މީހާގެ މަޢުލޫމާތު އެނގޭގޮތަށް ޖެހިގެންއަންނަ ދުވަހު 13:30 ގެ ކުރިން މިއިދާރާގެ ނޯޓިސްބޯޑް އިން ފެންނާނެހެން ޢާއްމުކުރެވޭނެވެއެވެ. |
|
3 |
ސިޓީހުށައެޅޭނެ އެންމެ ފަހު ތާރީޚް: |
މިއިދާރާއަށް ސިޓީ ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ: 22 އޮގަސްޓް 2024 ދުވަހުގެ 13:30 ގެ ނިޔަލަށެވެ. |
|
4 |
ރުއްތަށް ޙަވާލުކުރާނެ ފަރާތް ކަނޑައެޅުން |
މިކަމަށް އެދި މިއިދާރާއަށް ސިޓީ ހުށައަޅާ ފަރާތްތަކުގެ ތެރެއިން މަހަކު ދައްކާ އެންމެ ބޮޑު އަގު ހުށައަޅާ ފަރާތާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ރުއްތަށް ޙަވާލުކުރެވޭނެއެވެ. |
|
މިއިދާރާއިން ދެއަހަރު ދުވަހުގެ މުއްދަތަށް ރާއެރުމަށްޓަކާ ދޫކުރާ ރުއްތަކުގެ ލިސްޓް
ޞުމާރު ނަންބަރު |
ބާވަތް |
ރަޖިސްޓްރީނަންބަރު |
ސަރަހައްދު |
1 |
ރުއް |
G-4 |
ފަރުކަނު ގޯތީގެ ހުޅަނގުފަރާތު އަތިރީގައި |
2 |
" |
G-24 |
އުރަތު ގޯތީގެ ހުޅަނގުފަރާތު އަތިރީގައި |
3 |
" |
G-43 |
" |
4 |
" |
G-27 |
" " |
5 |
" |
G-394 |
ކިނާރާ ގޯތީގެ ހުޅަނގުފަރާތު އަތިރީގައި |
6 |
" |
G-359 |
ކޮރަލްބީޗް ގޯތީގެ ހުޅަނގުފަރާތު އަތިރީގައި |
7 |
" |
G-354 |
" |
8 |
" |
G-355 |
" |
9 |
" |
G-344 |
ބޯޅަދަނޑުގެ ހުޅަނގު ފަރާތު އަތިރީގައި |
08 ޞަފަރު 1446
12 އޮގަސްޓް 2024
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް