ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެ

އިޢުލާން

ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެ:

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސްކޫލްތަކަށް ބޭނުންވާ ފަންނީ ތަމްރީނުތައް ދެނެގަތުމާއި، އެފަދަ ތަމްރީނުތައް ހިންގުމަށް ބޭނުންވާ މެޓީރިއަލް، އިނގިރޭސި ބަހުން ތައްޔާރުކުރުން.

2. ޤައުމީ މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ މަސައްކަތު ބައްދަލުވުންތައް ރާވައި ހިންގުމާއި، ބައްދަލުވުންތަކުގެ ރިޕޯޓް އިނގިރޭސިބަހުން ތައްޔާރުކުރުން.

3. ހިންގަން ބޭނުންވާ ހަރަކާތްތަކާބެހޭ އަހަރީ ވާރކްޕްލޭން، ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުމާއި، މި ޕްލޭނުގައިވާ ކަންކަމަށް ބޭނުންވާ ބަޖެޓް ބްރޭކްޑައުންއާއެކު، ކަމާގުޅޭ ފަރާތަށް ހުށަހެޅުން.

4. ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ސްކޫލްތަކުގެ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް މަސައްކަތް ވިލަރެސްކުރުމާއި، ހަވާލުވެ ހުންނަ ސްކޫލްތަކުގެ ފަންނީ ކަންކަމާ ގުޅުންހުންނަ މަޢުލޫމާތާއި ޑޭޓާ އެއްކުރުމާއި، ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފަސޭހައިން ލިބޭގޮތަށް ބެލެހެއްޓުން.

5. ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ހިންގުމަށް ބޭނުންވާ ފަންޑުހޯދުމަށްޓަކައި ބޭރުގެ ތަފާތު ފަންޑިންގ އެޖެންސީތަކަށް ޕްރޮޕޯސަލް ހުށަހަޅައިގެން ފަންޑު ހޯދުން.   

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް

(އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ.)

ކޮންޓްރެކްޓްކުރެވޭ މުއްދަތު:

1 އަހަރު ދުވަސް

މުސާރައާއި ޝަރުޠު:                                                                             

މަޤާމް

 

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް

އެލަވަންސް

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7،035 ރުފިޔާ

-/3،500 ރުފިޔާ

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7،875 ރުފިޔާ

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/8،835 ރުފިޔާ

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/9،890 ރުފިޔާ

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/11،065 ރުފިޔާ

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/12،400 ރުފިޔ

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/13،890 ރުފިޔާ

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/15،560 ރުފިޔާ

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖޫން 16 ވަނަ ދުވަހުގެ 14:30 ގެ ކުރިން،  އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ސީވީއާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ކުރާ އިންޓަވިއު އޮންނާނީ، 28 ޖޫން 2015 އާއި 30 ޖޫން 2015 އާ ދެމެދުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިންސްޓިޓިއުޓުގެ 3322575 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ޝަޢުބާން 1436

01 ޖޫން 2015
ހޯދާ