މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްކެނޑުމަށް ކޯޓޭޝަން ބޭނުންވެއްޖެ
- މިއިދާރާގެ ނަންބަރ: (IUL)322/322/2024/111 (07 އޮގަސްޓް 2024) އިޢުލާންގައި ކޯޓޭޝަން ހުށަހެޅުމުގެ ތާރީޚް ނުބައިކޮށް ލިޔެވިފައިވާތީ، އެ އިޢުލާން ބާޠިލު ކުރުމަށް ފަހު އަލުން ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
- މިރަށު ދިގުމަގު ކޮޅުގައިހުރި އާރއޯ ޕްލާންޓްގެ ހުޅަނގުގައި ރަތްދަވާދުން 1، 2، 3، 6، 7، 8، 10، 11، 12 އަދި ދެކުނުގައި ރަތްދަވާދުން 14 ޖަހާފައިވާ ރުއްތައް ކަނޑަން ބޭނުންވެއެޖެއެވެ.
- މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 09:00 އާއި 11:00 އާއި ދެމެދު މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ކޯޓޭޝަން އާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް އަދި ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.
12 އޮގަސްޓް 2024
ހޯދާ