ދިވެހިރާއްޖެ
(IUL)38-AA/38/2024/444: ނަންބަރު
އިޢުލާން
އިލެކްޝަންސް ކޮމިޝަނުގެ ހުރި ބައުވެ ހަލާކުވެފައިވާ މުދާ ނީލަންކިޔުން
މި ކޮމިޝަންގައި ހުރި ބައުވެ ހަލާކުވެފައިވާ މުދާ ނީލަން ކިޔުން، 2024 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ބައު އަރަބިއްޔާ ސުކޫލު (ކުރީގެ އަރަބިއްޔާ ސުކޫލު ހިންގި އިމާރާތު)ގެ 02 ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ މަޢުލޫމާތާއި، މުދަލުގެ އަގު ނީލަމުގައި ފަށާ ގޮތުގެ ލިސްޓެއް، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެ، ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މަލީ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ކޮމިޝަނަށް ފައިސާ ދެއްކުމަށްފަހު، މުދާ ގެންދަވަންވާނެއެވެ.
މި ނީލަމުގައި ބައިވެރިވުމަށް، ބޭނުންފުޅުވާ ފަރާތްތަކުން، 2024 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ބައު އަރަބިއްޔާ ސުކޫލު (ކުރީގެ އަރަބިއްޔާ ސުކޫލު ހިންގި އިމާރާތު)ގެ 02 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.