ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ބައުތަކެތީގެ ނީލަން ކިޔުން

މިކޯޓުގެ ނަންބަރު: J4C-A/2024/04 (29 ޖުލައި 2024) އިޢުލާން އާއިގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ނީލަމުގެ ފުރުސަތު ހުޅުވާލަމެވެ.

          މި ނީލަންކިޔުން  20 އޯގަސްޓް 2024  ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 19 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

         ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން،ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 20 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

      ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 އޮގަސްޓް 2024
ހޯދާ