ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު ހިފްޒް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ލ. އަތޮޅުގައި ޤާރީންނާއި ޙާފިޡުން އުފެއްދުމުގެ މަޤުސަދުގައި "ލާމަސީލުލާމު ހިފުޡް ޕްރޮގުރާމް" ގެ ނަމުގައި ކީރިތި ގުރްއާން ހިތުދަސް ކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމަކީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާ ގުޅިގެން 5 އަހަރު ދުވަހުގެ މުއްދަތަށް ވާޗައަލްކޮށް އަދި ކުލާހަށް ހާޒިރުވެގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ޕްރޮގުރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާ ކަށް ނުޖެހޭނެއެވެ.

ލާމަސީލުލާމު ޙިފްޡު ޕްރޮގުރާމްގައި ބައިވެރި ވެވޭނީ ލ. އަތޮޅުގެ ރަށްވެހިންނާއި، ލ. އަތޮޅުގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ މީހުންނާއި ލ. އަތޮޅުގެ ސުކޫލެއްގައި ކިޔަވަމުންދާ އެހެން އަތޮޅުތަކުގެ ދަރިވަރުންނަށެވެ. ޙިފްޡް ޕްރޮގުރާމަށް ބައިވެރިން ހޮވުމުގައި އެންމެ ގިނަ ފޮތް ހިތުދަސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ. ލާމަސީލުލާމު ޙިފްޡު ޕްރޮގުރާމްގެ ބައިވެރިން ޤުރްއާން ހިތުދަސްކުރުމުގައި ޢަމަލުކުރާނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޤުރްއާން ހިތުދަސް ކުރުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ޕޮރޮގުރާމްގެ ބައިވެރިން ހިތުދަސްކުރާ ކޮންމެ ފޮތަކަށް -/500ރ (ފަސްސަތޭކަ ރުފިޔާ(ގެ ފައިސާގެ އިނާމެއް އަތޮޅު ކައުންސިލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ލާމަސީލުލާމު ޙިފްޡު ޕްރޮގުރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮކްޓޯބަރ 17 ވަނަ ދުވަހު 12:00 ގެ ކުރިން ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މި އިޢުލާނާއެކު ލާމަސީލުލާމު ޙިފްޡު ޕްރޮގުރާމްގެ އުސޫލު ވަނީ އާއްމުކުރެވިފައެވެ.

ގޫގަލް ފޯމް: https://forms.gle/C1xtKmfBaVG7G13o9 

12 އޮގަސްޓް 2024
ހޯދާ