ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ ނަންބަރު I)(I)AP/HR/2015/10) (އެޕްރީލް 14، 2015) އިޢުލާން ބާތިލްކުރުމާ ގުޅިގެން އެ މަޤާމަށް އަލުން އިޢުލާންކުރަމެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން އެންޑް ޕްލޭނިންގ

ވަޒީފާ އަދާކުރަންޖެހޭ ތަން

ޏ. އަތޮޅު ހޮސްޕިޓަލް، ފުވައްމުލައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.

2. ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓްތައް ހޯދައި ބެލެހެއްޓުމާއި، ކޮންޓްރެކްޓުގެ މުއްދަތު ހަމަވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުން.

3. ބިދޭސީ މުވައްޒަފުންގެ ބޭންކް އެކައުންޓް ހުޅުވުމުގައި އެހީތެރިވެދީ، ވިސާ/ޕާސްޕޯޓް/ވާރކުޕާމިޓާބެހޭ ހުރިހާ ކަމެއް މިނިސްޓްރީ އޮފް ހެލްތާ ގުޅައިގެން ކުރިއަށްގެންދިއުން.

4. އިމަޖެންސީ ޗުއްޓީގައިދާ މުވައްޒަފުންގެ ތެރެއިން ޑިޕޮސިޓް ބަހައްޓަަންޖެހޭ މުވައްޒަފުންގެ ޑިޕޮސިޓް ކަންތައް އެފަރާތްތަކާ ވާހަކަދައްކައިގެން ހަމަޖެއްސުން.

5. ބިދޭސީ މުވައްޒަފުން ޗުއްޓީގައި ދިއުމާބެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސުމާއި، ޗުއްޓީގައި ދާމީހުންގެ ބަދަލުގައި މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަސައްކަތްކުރުން.

6. އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް ބެލެހެއްޓުން.

7. މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުން.

8. ޔުނިފޯމް ދޭންޖެހޭ މުވައްޒަފުންނަށް ޔުނިފޯމް ދިނުމުގެ ކަންތައް، ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނާ މަޝްވަރާކޮށްގެން، އަހަރުގެ ފުރަތަމަ 3 މަސްދުވަސް ނިމޭއިރު ހަމަޖެއްސުން.

9. ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.

10. ސެކްޝަންގެ މައްސަލަތަކާ ގުޅިގެން މީޓިންގތައް ހަމަޖައްސައި ރިކޯޑުތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެލަވަންސްގެގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ޖޫން 7 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ޏ. އަތޮޅު ހޮސްޕިޓަލުގެ އޮފީސް ބަޔަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6861860 ނަންބަރު ފޯނަށެވެ. 

- ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސަސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ހޮސްޕިޓަލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

9 ޝަޢުބާން 1436

27 މޭ 2015
ހޯދާ