ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ކޮޓަރީގެ އެޕާޓްމެންޓެއް ނުވަތަ ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

 

މި ސްކޫލްގައި މަސައްކަތް ކުރައްވާ މިޞްރުގެ ޓީޗަރ ހުންނަވާނޭ ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

މިގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވި ފަރުނީޗަރާއެކު މަދުވެގެން 1 ކޮޓަރި، ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތަށް ތަކެއްޗާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާރޓްމެންޓަކަށްވާން ވާނެއެވެ.މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  • ވީމާ، ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓްރީކުރުމަށް، 12 އޯގަސްޓް 2024 އިން 18 އޯގަސްޓް 2024 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް، ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
  • ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/eu1RMvbTQxr6YkKP8
  • އީ-މެއިލް: [email protected]
  • މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 އޯގަސްޓު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މި ބީލަމާ ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  22 އޯގަސްޓު 2024 ވާބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކުން ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވެވިދާނެއެވެ.
  • މި ބީލަމާއިގުޅޭ މައުލޫމާތު ޝީޓް އަދި ބީލަން ހުށަހަޅާ ފޯމް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނޫރާނީ ސްކޫލް / ސ. ހިތަދޫ

     ފޯން: 6885917

     އީ-މެއިލް: [email protected]

12 އޮގަސްޓް 2024
ހޯދާ