ދިވެހިރާއްޖެ
ދެ ކުލާސްރޫމެއްގެ ނެއްޓިފައިވާ މުށިތައް މަރާމާތުކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަރުކަޒުގެ 22*28 ފޫޓްގެ ދެ ކުލާސްރޫމެއްގެ ނެއްޓިފައިވާ މުށިތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އަމިއްލަތަކެތީގައި މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 21 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރ ކުރާ ފަރާތްތަކަށެވެ. އަދި 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހު 13:00 ގައި ޕްރީބިޑް ސެޝަންއެއް މި މަރުކަޒުގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/uzCAnFpJgUxvf3vd8
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 25 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ
ފޯން: 7952914
އީ-މެއިލް: [email protected]