ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015ގެ ދަށުން މިދަންނަވާ މަސައްކަތް ކުރަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އިޢުލާން TCL/PROC-TA/2015/012 ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

  • ތިލަފުށި-1 (އެކެއް) ގެ ދެ ބަނދަރެއްގެ ކީވޯލްގެ ހަލާކުވެފައިވާ ދެސެކްޝަން ހަދައި މަރާމާތުކުރުން.

ވީމާ، މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015 ގެ ދަށުން މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

05ދުވަސް (ރަސްމީ)

7 ޖޫން 2015 އިން 11 ޖޫން 2015 އަށް

08:30 އިން 13:00 އަށް

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އާދީއްތަ

14 ޖޫން 2015

10:00 އިން ފެށިގެން

ޕްރީބިޑް މީޓިންގ އަދި ސައިޓު ބެލުން

ޓީސީއެލް ހެޑްއޮފީސް

އާދީއްތަ

21 ޖޫން 2015

11:00 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

25 ޖޫން 2015

11:00 ގައި

  • ބީލަން ފޮތުގެ އަގަކީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000 ރުފިޔާ (ފަސްހާސް ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 90 ދުވަހެވެ.
  • ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ %2.5 (ދެއެއް ޕޮއިންޓް ފަހެއް އިންސައްތަ) ދައްކަންވާނެއެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑު ނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ