ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމަރުކަޒުގެ އެމްބިއުލާންސް (VAN,TOYOTA-KJ-CR42V-FMSDE LITEACE)ގެ އޭސީ ހަލާކުވެފައިވާތީ، އަމިއްލަ ތަކެތީގައި މިހާރު ހުރި އޭސީ ނައްޓައި، އާ އޭސީއެއް ބަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 8 ވާ ހޯމަ ދުވަހުގެ 11:30 އަށް އަލިފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 11:30 އަށް އަލިފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއުޅަނދުގެ އިންޖީނު މޮޑެލްއަކީ HONDA އެވެ. އަދި އިންޖީނު ނަންބަރަކީ 3L-3919433 އެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6580217 މިނަންބަރަށް ގުޅުއްވުމަށް ދަންނަވަމެވެ.
17 ޝަޢުބާން 1436