މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮޓޯ ޕޮޓް ގްރީންހައުސް ފާރމިންގ 02(ދޭއް) މޮޑެލް ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމުގެ މަސައްކަތް
ޕްރޮޖެކްޓް ނަންބަރު: |
PC-227/2024/W-08 |
އިޢުލާން ނަންބަރު: |
(IUL)227-AD-PM/227/2024/32 |
ބީލަން ހުށައެޅުމުގެ ދަޢުވަތު
- ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން އޮޓޯ ޕޮޓް ގްރީންހައުސް ފާރމިންގ 02(ދޭއް) މޮޑެލް ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv) އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ( gazette.gov.mv)2024 އޮގަސްޓް 12ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މި ބީލަމާއި ގުޅިގެން ޕްރީބިޑް މީޓީންގްއެއް ނޯންނާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 2024 އޮގަސްޓް 15ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] ށް އީމެއިލް ކުރަށްވަން ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު https://shaviyani.gov.mv/downloads އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2024 އޮގަސްޓް 18ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2024 އޮގަސްޓް 19 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މެއިލްކުރެވޭނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 އޮގަސްޓް 22ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540463
އީމެއިލް: [email protected]
ކޮޕީ: [email protected]
12 އޮގަސްޓް 2024
ހޯދާ