ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި މި އިދާރާއިން ކޮށްފައިވާ IUL)310-CA/310/2015/29) ނަންބަރުގެ އިޢުލާނުގައި ހިމަނާފައިވާ މަޤާމުގެ ޝަރުޠުތަކަކީ 1 އެޕްރީލް 2013 ގައި ޢަމަލުކުރަން ފެށި އިދާރީ އޮނިގަނޑުގައި އެ މަޤާމަށް ކަނޑައަޅާފައިވާ ޝަރްޠުތަކަށް ނުވުމުން، އެ އިޢުލާނު ބާޠިލްކޮށް، އެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
|
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 3  | 
|
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
|
| 
 އޮފީސް / އިދާރާ:  | 
 މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ  | 
|
| 
 ސެކްޝަން:  | 
 ކޯޕަރޭޓް އެފެއާޒް  | 
|
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ  | 
|
| 
 މުސާރަ:  | 
 މަހަކު -/4،465 ރުފިޔާ  | 
|
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
|
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
|
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
  | 
|
| 
 މަޤާމުގެ ޝަރުޠުތައް:  | 
 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން.  | 
|
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1. ރަށު ކައުންސިލްގެ އިދާރާ ހިންގުމުގައި ބޭނުންވާ އިދާރީ ލިޔެކިޔުންތައް ތައްޔާރުކުރުން. އޭގެ ތެރޭގައި: - އެކިއެކި ވުޒާރާތަކަށް މަޢުލޫމާތު ދިނުމުގެގޮތުންނާއި، މަޢުލޫމާތު ހޯދުމުގެގޮތުން ކޯޕަރޭޓް އެފެއާޒް ޔުނިޓުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން. 2. ކައުންސިލް ބޭނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުން. އޭގެ ތެރޭގައި: - އިދާރީ ހިންގުމުގައި ކައުންސިލްގެ ރައީސްގެ ފަރާތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން. - ކައުންސިލުން ފޮނުވާ އެކިއެކި ޑްރާފްޓްތައް ލިޔެ ތައްޔާރުކުރުން. - ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ބައްދަލުވުންތަކާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން. - ކައުންސިލް މެންބަރުންގެ ހާޒިރީ ތައްޔާރުކޮށް ބެލެހެއްޓުން. - މުވައްޒަފުންނާ ގުޅޭ އިދާރީ އެހެނިހެން ލިޔެކިޔުންތައް، ޒިންމާދާރު ވެރިޔާގެ އިރުޝާދުގެދަށުން ބެލެހެއްޓުން. - ކޮންމެ ދުވަހަކުވެސް އޮފީހުގެ އީމެއިލް ޗެކްކުރުމާއި، ޖަވާބު ދޭންޖެހޭ މެއިލްތަކަށް ޖަވާބުދިނުމަށް ކަމާބެހޭ ޑިޕާޓްމަންޓް، ސެކްޝަން، ޔުނިޓް، ދާއިރާތަކަށް ފޯވާޑްކުރުމާއި، އަވަސް މެއިލްތައް، ވެރިންގެ ސަމާލުކަމަށް ގެނައުން. - ސެކްޝަނަށް އަންނަ މެއިލްތަކަށް ޖަވާބު ތައްޔާރުކުރުމުގެ ކަންތައް، ވެރިއަކަށް ދަންނަވައިގެން ކުރުން. 3. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތިން، ވެރިން އަންގަވާ، އިދާރާގެ މަސައްކަތްތައް ކުރުން.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
| 
 އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވާންވީ ތަނާއި ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2015 ޖޫން 10 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އެވެ. ފޯމު ހުށަހަޅާނީ، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާއަށެވެ. މެއިލްކުރާނަމަ، [email protected] މި މެއިލް އެޑްރެހަށެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، ރ.މީދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމު" 4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 6. ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)  | 
| 
 އިތުރު މަޢުލޫމާތު:  | 
 - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 6580020 ނަންބަރު ފޯނާ ރަސްމީގަޑީގައި ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6580020 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.  | 
13 ޝަޢުބާން 1436
