ދިވެހިރާއްޖެ
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން ބިދޭސީންނަށް ޙަރަކާތްތެރިނުވެވޭނެ ދާއިރާތައް ކަނޑައެޅުން
ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާފައިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014/R-168) ގެ 4 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ތިރީގައިވާ ގޮތުގެ މަތިން، ބިދޭސީން އިންވެސްޓްކުރުމަށް ހުއްދަނުދެވޭ ދާއިރާތަކާއި، ވަކި މިންވަރަކަށް ދިވެހިންގެ ބައިވެރިވުމާއެކު އިންވެސްޓްކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރިތައް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
- ފޮޓޯގްރަފީ އަދި ގުޅުންހުރި މަސައްކަތްތައް
- ޕެސެންޖަރ ޓްރާންސްފަރ ސަރވިސް (ބިދޭސީންނަށް މިދާއިރާގައި ޙަރަކާތްތެރިވެވޭނީ، އެންމެ މަދުވެގެން %51 ހިއްސާވާ ފަރާތެއްގެ ގޮތުގައި ދިވެއްސަކު ނުވަތަ ދިވެހިން % 100 ހިއްސާވާ ކުންފުންޏެއް ވިޔަފާރީގައި ބައިވެރިވާނަމައެވެ.)
- ސްވެނިއަރ އުފައްދައި ވިއްކުން އަދި ގުޅުން ހުރި ވިޔަފާރިތައް (ހޯލްސޭލް އަދި ރީޓެއިލްކުރުމަކީ، ބިދޭސީންނަށް ޙަރަކާތްތެރިނުވެވޭނެ ދާއިރާއެއް)
- ވޯޓަރ ސްޕޯޓްސް އަދި ގުޅުންހުރި ދާއިރާތައް (ބިދޭސީންނަށް މިދާއިރާގައި ޙަރަކާތްތެރިވެވޭނީ، އެންމެ މަދުވެގެން %51 ހިއްސާވާ ފަރާތެއްގެ ގޮތުގައި ދިވެއްސަކު ނުވަތަ ދިވެހިން % 100 ހިއްސާވާ ކުންފުންޏެއް ވިޔަފާރީގައި ބައިވެރިވާނަމައެވެ.)
- ކަސްޓަމްސް ސަރަޙައްދުގައި ބޮންޑަޑް ވެއަރހައުސް ހިންގުން
ވީމާ، ބިދޭސީ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދަ ދިނުމުގައި މަތީގައިވާ ގޮތަށް ޢަމަލުކުރެވޭނެ ކަމުގައި ދެންނެވީމެވެ.
09 ޝަޢުބާން 1436