ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަމު ކައުންސިލްގެ އެކިއެކި ބޭނުންތަކަށް މަގުކޮނުން

ގަމު ކައުންސިލްގެ އެކިއެކި ބޭނުންތަކަށް މަގުކޮނުން

       ގަމުގެ އެކިއެކި ސަރަހައްދުތަކުގައި މަގުބައްތިޖެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ މަގުކޮނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްގައި ރަޖިސްޓްރީކުރުމަށްފަހު، އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން

15 އޯގަސްޓް 2024 (ބުރާސްފަތި) އާއި ހަމައަށް

14:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

20 އޯގަސްޓް 2024 (އަންގާރަ)

13:00 ގައި

 

         ބީލަން ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 އޯގަސްޓް 20 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 6801024 / 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

11 އޮގަސްޓް 2024
ހޯދާ