ދިވެހިރާއްޖެ
މި ކޯޓުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު
(IUL)197-A2/1/2024/42 (01 އޮގަސްޓު 2024) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 21 އޮގަސްޓު 2024 ވާ ބުދަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު (ތީމުގެ / އޯކިޑް މަގު) އަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ.
ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބެލުމުގެ އިންތިޒާމް 20 އޮގަސްޓު 2024 ދުވަހު 10:00 ގައި މިކޯޓުގައި ހަމަޖެހިފައިވާނެއެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.