ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްއިން 5 އޮގަސްޓް 2024 ގައި ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)420-PM/420/2024/50ގައި ވާ ކުށެއްގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން ރަތަފަންދޫގައި އައުޑްޑޯޖިމް ޤާއިމުކުރުމުގެ މަސައްކަތަށް ހުޅުވާލަމެވެ.
ގދ. ރަތަފަންދޫ ބީޗްރޯޑް މަގުން ހުޅަގައް އޮންނަ ރެޑްރޯސް ގޯތީގެ ކުރިމަތީގައި އޮންނަ ހުސްބިމުގައި އައުޓްޑޯރ ޖިމް އިކުއިޕްމެންޓްސް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުމަށް،ތިރީގައި ބަޔާންކޮށްފައިވާ (އޮންލައިން ރަޖިސްޓްރޭޝަން ފޯމް ލިންކް:https://forms.office.com/r/4bvTKi8kPK) މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ކުރިން މި މަސައްކަތަށް ޝައުޤުވެރިވެ ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ނުކުރިއަސް ބީލަން ހުށަހެޅޭނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ މި ދެ އިޢުލާނާއިގުޅިގެން މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓު ހޯއްދެވުމަށް، ކައުންސިލް އިދާރާގެ ރަސްމީ ގަޑީގައި ވަޑައިގަތުމުން ނުވަތަ އީމެއިލް މެދުވެރިކޮށް އެދިލެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެކަން ލިޔުމުން ([email protected]) އަށް މެއިލް ކުރެއްވިދާނެއެވެ. އަދި، މިއިދާރާގެ ފޯނުނަންބަރ (6841629) އާށް ގުޅާލެއްވުމުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 އޮގަސްޓް 25 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ރަތަފަންދޫ ކައުންސިލްގެ އިދާރާގައެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖެގެ ވިޔަފާރި ޤާނޫން (18/2024) ދަނުން ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން 202419/ ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.