މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

މޯލްޑިވްސް ޕޮލިޓެކްނިކްގައި ތިރީގައި މިދަންނަވާ ކޯސްތަކުގެ އިތުރު ޖާގަ ހުރުމާ ގުޅިގެން ކޯސްތަކަށް ވަނުމުގެ ފުރުޞަތު އިތުރުކޮށްފީމެވެ.

މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ 14 ޖޫން 2015 ގައެވެ.

ޖާގަ

މުއްދަތު

ކޯހުގެ ނަން

32

18 މަސް

ސެޓުފިކެޓު 4 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް (މާލެ)

25

18 މަސް

ސެޓުފިކެޓު 4 އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (މާލެ)

25

18 މަސް

ސެޓުފިކެޓު 4 އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ (މާލެ)

14

6 މަސް

ސެޓުފިކެޓު 3 އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް (ގއ.ވިލިނގިލި)

18

6 މަސް

ސެޓުފިކެޓު 3 އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (މާލެ)

18

މަސް

ސެޓުފިކެޓު 3 އިން ވެލްޑިންގ އެންޑް ޝީޓް މެޓަލް (މާލެ)

18

6 މަސް

ސެޓުފިކެޓު 3 އިން އިލެކްޓްރިޝަން (މާލެ)

16

6 މަސް

ސެޓުފިކެޓު 3 އިން ވުޑުން އެންޑް ފައިބަރ ގްލާސް ބޯޓް ބިލްޑިންގ (ރ.އަލިފުށި)

16

6 މަސް

ސެޓުފިކެޓު 3 އިން އިލެކްޓްރިޝަން (ރ.އަލިފުށި)

12

6 މަސް

ސެޓުފިކެޓު 3 އިން ވެލްޑިންގ އެންޑް ޝީޓް މެޓަލް (ޅ.ފެލިވަރު)

16

6 މަސް

ސެޓުފިކެޓު 3 އިން ފަރނީޗަރ ކާޕެންޓްރީ އެންޑް ވުޑް ކާރވިންގ (ކ.ތުލުސްދޫ)

16

6 މަސް

ސެޓުފިކެޓު 3 އިން އިލެކްޓްރިޝަން (އައްޑޫ ސިޓީ)

12

1 މަސް

ސެޓުފިކެޓު 1 އިން ވުޑް ކާރވިންގ (އައްޑޫ ސިޓީ)

12

1 މަސް

ސެޓުފިކެޓު 1 އިން ވުޑް ޓާރނިންގ (އައްޑޫ ސިޓީ)

 

 

 

 

 

 

 

 

 

 

ސެޓުފިކެޓު ލެވެލް 4 ކޯސްތަކުގެ ޝަރުޠު

މައިގަނޑު ޝަރުޠު

ހ. ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުން 3 މާއްދާ އިން "ސީ" އިން މަތި ލިބިފައިވުން، ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު

ހ. 16 އަހަރުވެފައިވުމާއެކު، އެމް.ކިއު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން. ނުވަތަ 18 އަހަރުވެފައިވުމާއެކު ގްރޭޑް 7 ގެ ތަޢުލީމު ފުރިހަމަ ކުރުމާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ސެޓުފިކެޓު ލެވެލް 3 ކޯސްތަކުގެ ޝަރުޠު

މައިގަނޑު ޝަރުޠު

ހ. ގްރޭޑް 7 ފުރިހަމަކޮށްފައިވުން، ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު

ށ. 18 އަހަރުވެފައިވުމާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސި، ދިވެހިބަހުން ލިޔަންކިޔަން ދަތުން.

ސެޓުފިކެޓު ލެވެލް 1 ކޯސްތަކުގެ ޝަރުޠު

މައިގަނޑު ޝަރުޠު

ހ. ގްރޭޑް 7 ނިންމާފައިވުން.

އެހެނިހެން ޝަރުޠު

ހ. 16 އަހަރު ވެފައިވުން                                                                        

ވީމާ، މިކޯސްތަކުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު މޯލްޑިވްސް ޕޮލިޓެކްނިކް، އާރ.ވައި.ވީ.ޓީ.ސީ ރ.އަލިފުށި ނުވަތަ އާރ.ވައި.ވީ.ޓީ.ސީ ކ.ތުލުސްދޫ އަދި ސ.ހިތަދޫގެ މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްއިން ފޯމު ނަންގަވައި ނުވަތަ މިތަނުގެ ވެބްސައިޓް www.polytechnic.edu.mv އިން އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރައްވާ ފުރިހަމަ ކުރެއްވުމަށްފަހު 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކަށް ނުވަތަ އާރ.ވައި.ވީ.ޓީ.ސީ ރ.އަލިފުށި، އާރ.ވައި.ވީ.ޓީ.ސީ ކ.ތުލުސްދޫ އަދި ސ.ހިތަދޫގެ މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްއަށް ފޯމު ހުށަހެޅުމަށް އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ލިބިފައިވާ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ ހުށަހެޅުމަށް އެދެމެވެ. އަދި ކޯހުގައި ޖާގަ އޮތްނަމަ ކޯސް ފެށުމުގެ ކުރިން ހުށަހަޅާ ފޯމުތައްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3305404، 3305406، 3305411، 6640453، 6580098 އާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

09 ޝަޢުބާން 1436  

27 މޭ 2015
ހޯދާ