ދިވެހިރާއްޖެ
ނަންބަރު:(IUL)303-ISS/303/2024/56
އިއުލާން
އުނގޫފާރު ގޮނޑުގައި ހުރި ބައު ދަގަނޑުގެ ބާވަތްތައް ގަންނާނެ ފަރާތެއް ހޯދުމާއި ގުޅޭ
އުނގޫފާރު ބައު ގޮނޑުގައި ހުރި ދަގަނޑުގެ ބާވަތްތައް ގަންނަން ބޭނުންވާ ފަރާތެއްވާނަމަ، 2024 އޮގަސްޓް 15 ވަނަ ދުވަހުގެ 14:00 ކުރިން ތިރީގައިވާ ގޫގަލް ފޯމް މެދުވެރިކޮށް ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ދަގަނޑުގެ ބާވަތްތައް ގަނެގެން ގެންދަވާ ފަރާތަކުން، ކައުންސިލާއެކު އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި ގޮނޑުގައި ހުރި ދަގަނޑުގެ އެންމެހާ ބާވަތްތައް ގެންގޮސް ބިން ސާފުކުރަންވާނެއެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަކުން ފޯމު ހުށަހަޅުއްވާފިނަމަ، އެންމެ ކުރު މުއްދަތެއްގައި ބިން ސާފުކޮށްދޭނެ ފަރާތަކަށް އިސްކަންދޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.