މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޭކަޕްކުރަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމާގުޅޭ

                                                    ނަންބަރު: (IUL)303-CA/303/2024/54

އިޢުލާން

މޭކަޕްކުރަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމާގުޅޭ:

                އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އުނގޫފާރުގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ހާއްސަކޮށް މިހިނގާ އޮގަސްޓް މަހުގެތެރޭ މޭކަޕް ކުރާނެގޮތް ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި އުމުރުން 14 އަހަރު ފުރިފައިވާ ކޮންމެ ފަރާތަކަށްވެސް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ނަމަވެސް 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން އަދި ސްކޫލް ދަރިވަރެއް ނަމަ ސްކޫލްގެ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިޢުލާނާއެކުވާ ގޫގަލް ފޯމް 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ. މަދުވެގެން 15 ބައިވެރިންނަށް އަމާޒްކޮށް ހިންގުމަށް ހަމަޖެހިފައިވާ މިކޯހުގެ ރަޖިސްޓްރީ ފީއެއްގެގޮތުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއް އަތުން -/1000 ރުފިޔާގެ ފީއެއް ނެގުމަށްވަނީ ހަމަޖެހިފައެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9128117 އަށް ގުޅުއްވުން އެދެމެވެ.  

ލިންކް: 

 https://forms.gle/riwJEZbqiPPQ8kjq8

 

                 

           

11 އޮގަސްޓް 2024
ހޯދާ