ދިވެހިރާއްޖެ
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް މިއަދު، 2024 އޮގަސްޓް 10 ވީ ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވުނު އިންތިޚާބުގެ ވަގުތީ ނަތީޖާ ތިރީގައި މި ދަންނަވަނީއެވެ.
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގެ ވަގުތީ ނަތީޖާ |
||
ކެންޑިޑޭޓް ނަންބަރު |
ނަން |
ލިބިފައިވާ ވޯޓުގެ ޢަދަދު |
ކެންޑިޑޭޓް ނަންބަރު 1 |
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާން، އެށެވެލި/ ސ. މަރަދޫ |
71 |
ކެންޑިޑޭޓް ނަންބަރު 2 |
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރު، މއ.ޕެންޒީވިލާ/ މާލެ |
00 |
ކެންޑިޑޭޓް ނަންބަރު 3 |
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު، ލަންސިމޫގެ/ |
91 |
ކެންޑިޑޭޓް ނަންބަރު 4 |
ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު، ބަހާރުގެ/ |
01 |
ކެންޑިޑޭޓް ނަންބަރު 5 |
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދު، ސްނޯޑްރޮޕް/ ސ. ހިތަދޫ |
00 |
ޖުމްލަ ވޯޓުގެ އަދަދު |
163 |
|
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ފަނޑިޔާރުންގެ ޢަދަދު |
166 |
|
ވޯޓުނުލާ ފަނޑިޔާރުންގެ އަދަދު |
03 |
|
ވޯޓުލީ ފަނޑިޔާރުންގެ އިންސައްތަ |
98.19% |
މި އިންތިޚާބުގެ ވަގުތީ ނަތީޖާގައިވާ ގޮތުން، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރެއްގެ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އިންތިޚާބު ވެފައިވަނީ ސިވިލް ކޯޓުގެ ޤާޟީ، ގދ. ފިޔޯރީ، ލަންސިމޫގެ، އަލްއުސްތާޛުފަރުހާދު ރަޝީދެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.