ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓީޗަރ އެޑިޔުކޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޓީޗަރ އެޑިޔުކޭޓަރ

މަޤާމުގެ ގިންތި: ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

ސަރވިސް އެލަވަންސް: -/3500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ތަނާއި ރަށް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ (ޑިޕާޓްމަންޓް އޮފް ޓީޗަރ ޑިވެލޮޕްމަންޓް)                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސްކޫލްތަކަށް ބޭނުންވާ ފަންނީ ތަމްރީނުތައް ދެނެގަތުމާއި، އެފަދަ ތަމްރީނުތައް ހިންގުމަށް ބޭނުންވާ މެޓީރިއަލް، އިނގިރޭސިބަހުން ތައްޔާރުކުރުން.

2. ޤައުމީ މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ މަސައްކަތު ބައްދަލުވުންތައް ރާވައި ހިންގުމާއި، ބައްދަލުވުންތަކުގެ ރިޕޯޓް، އިނގިރޭސިބަހުން ތައްޔާރުކުރުން.

3. ހިންގަން ބޭނުންވާ ހަރަކާތްތަކާބެހޭ އަހަރީ ވާރކްޕްލޭން، ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުމާއި، މި ޕްލޭނުގައިވާ ކަންކަމަށް ބޭނުންވާ ބަޖެޓް ބްރޭކްޑައުންއާއެކު، ކަމާގުޅޭ ފަރާތަށް ހުށަހެޅުން.

4. ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން، ސްކޫލްތަކުގެ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް މަސައްކަތް ވިލަރެސްކުރުމާއި، ހަވާލުވެ ހުންނަ ސްކޫލްތަކުގެ ފަންނީ ކަންކަމާ ގުޅުންހުންނަ މަޢުލޫމާތާއި ޑޭޓާ އެއްކުރުމާއި، ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފަސޭހައިން ލިބޭގޮތަށް ބެލެހެއްޓުން.

5. ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ހިންގުމަށް ބޭނުންވާ ފަންޑުހޯދުމަށްޓަކައި ބޭރުގެ ތަފާތު ފަންޑިންގ އެޖެންސީތަކަށް ޕްރޮޕޯސަލް ހުށަހަޅައިގެން ފަންޑު ހޯދުން.   

މަޤާމުގެ ޝަރުޠު:                                                 

މަޤާމް

 

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް

އެލަވަންސް

ޓީޗަރ އެޑިޔުކޭޓަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7035

3500

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7875

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

8835

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

9890

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

11065

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

12400

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

13890

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

15560

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއާއި ހުށަހަޅައިދޭ ޕްރެޒެންޓޭޝަން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރާ އިންޓަވިއު އޮންނާނީ، 17 ޖޫން 2015 އާއި 25 ޖޫން 2015 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. -ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި އިންސްޓިޓިއުޓުގެ ވެބްސައިޓުން (www.nie.edu.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓުގެ ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ.)

ށ. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

ބ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.  

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

ކ. ދިވެހި ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގެ (ޣާޒީ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 11 ވަނަ ދުވަހުގެ 14.00 އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 3322575 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

10 ޝަޢުބާން 1436

28 މޭ 2015
ހޯދާ