ދިވެހިރާއްޖެ
އިޢުލާނު
މި އިދާރާގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ ތިރީގައި މިދަންނަވާ އިމާރާތް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (IUL)391-EM/391/2024/52 (05 އޮގަސްޓް 2024) ގައި ދިމާވި މައްސަލަ އަކާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް، ދެވަނަފަހަރަށް އިޢުލާން ކުރަމެވެ. ވީމާ، މި އިއުލާނާއެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާ ގޮތުގެމަތީން ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ ތިރީގައި މިދަންނަވާ އިމާރާތް 10 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
# |
ކުއްޔަށް ދޫކުރާތަނުގެ ނަން |
ހުށަހެޅޭނޭ އެންމެ ކުޑައަގު |
ކުއްޔަށް ދޫކުރާ ތަނުގެ ބޮޑުމިން (އަކަފޫޓުން) |
1 |
ކާޑުގެ |
އަކަފޫޓަކަށް 80 ލާރި |
4698 |
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން
މިބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މިމައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަދި ބީލަންތައް ހުޅުވުން އޮންނާނީ 20 އޮގަސްޓް 2024 ވާ އަންގާރަދުވަހުގެ 13:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަންބަރު، އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
08 އޮގަސްޓް 2024