ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭ ޒިޔާރަތްމަގާއި، ކޮށިމަގު ސަރަހައްދުގައި ހުރި ރުއްގަނޑު ވަރުވާއަށް ދޫކުރުމާ ގުޅޭ

މިރަށު ޒިޔާރަތްމަގާއި، ކޮށިމަގު ސަރަހައްދުގައި ހުރި ރުއްގަނޑު 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތައް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ. ރުއްގަނޑު ވަރުވާއަށް ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.

މި އިއުލާނާ ގުޅިގެން މި ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ މައުލޫމާތު ޝީޓް އިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ ވަރުވާއަށް ލިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ވަރުވާއަށް ލިޔުއްވުމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުން 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.  

08 އޮގަސްޓް 2024
ހޯދާ