މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކް ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

"މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކް ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

            ނ. މާޅެންދޫ ކައުންސިލުން ޢިމާރާތްކުރާ "މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކް ހިޔާކުރުމުގެ މަސައްކަތްތައް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

            މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 އޯގަސްޓް 2024 (ބުރާސްފަތި) ދުވަހުގެ 13:30 ގެ  ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މި އިޢްލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 20 އޯގަސްޓް  2024 ވާ އަންގާރަ  ދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.  

އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

08 އޮގަސްޓް 2024
ހޯދާ