މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް އެޅުމަށް މަގު ސާފުކުރުން

           މިރަށުގެ މައިމަގުތަކާއި ބައެއްގޯޅިތަކުގައި ހޮޅިދަނޑިޖެހުމުގެ މަޝްރޫޢުގެ ދަށުން ރޯޝަނީމަގުގައި ކޭބަލްއެޅުމަށްޓަކައި އެމަގުގައި ހުރި ގޯތިތަކުގެ އިންފާރުން ފެށިގެން މަގަށް 7 ފޫޓުގެ ސަރަހައްދެއްގައި ކޯރުކޮނުމަށްބޭނުންވާތީ، މިއަދުން ފެށިގެން 2 ހަފްތާގެ ތެރޭގައި ( 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން ) މިދެންނެވި މަގުގައިހުރި ގޯތިތަކުގެ ވެރިފަރާތްތަކުން އެގެއެއްގެ މަގުމަތީގައި ކޯރުކޮނެވޭނެގޮތަށް މަގުމަތި ސާފުކުރުމަށް ދަންނަވަމެވެ.

މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ޞަފަރު  1446        

08 އޮގަސްޓް 2024
ހޯދާ