ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމު: |
އެސިސްޓަންޓް އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (ލެވެލް 1) |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް/ ޕޭމަންޓް ޕްރޮސެސިންގ ސެކްޝަން |
|
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
|
އިތުރު އިނާޔަތްތައް: |
|
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ކައުންޓަރުން ފައިސާ ބަލައިގަތުމާއި އަދި ކަމާގުޅޭ މަސައްކަތްތައް ކުރުން. |
|
ޝަރުޠު: އޭލެވެލް (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) އެޑްވާންސް ސަބްސިޑިއަރީ ހުށައަޅާ ފަރާތްތައް ވަޒީފާއަށް ދާއިމީ ކުރެވޭނީ އޭލެވެލް ނަތީޖާ ހުށަހެޅުމުން އެ ނަތީޖާއަށް ބަލާފައެވެ. |
||
މަޤާމު: |
އެސިސްޓަންޓް އޮފިސަރ، އޮބްޖެކްޝަން (ލެވެލް 1) |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން: |
ލޯ ޑިވިޜަން/ އޮބްޖެކްޝަން ސެކްޝަން |
|
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
|
އިތުރު އިނާޔަތްތައް: |
|
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އޮބްޖެކްޝަންތައް ބަލައި، އޮބްޖެކްޝަން ރިވިއު ރިޕޯޓު ތައްޔާރުކުރުމާއި، ކަމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން. |
|
ޝަރުޠު: އޭލެވެލް (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން. (މިފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) އެޑްވާންސް ސަބްސިޑިއަރީ ހުށައަޅާ ފަރާތްތައް ވަޒީފާއަށް ދާއިމީ ކުރެވޭނީ އޭލެވެލް ނަތީޖާ ހުށަހެޅުމުން އެ ނަތީޖާއަށް ބަލާފައެވެ. |
||
މަޤާމު: |
އެސިސްޓަންޓް އޮފިސަރ، އެޑްމިނިސްޓްރޭޝަން (ލެވެލް 1) |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން: |
ކޯޕޮރޭޓް ސަރވިސް ޑިޕާޓްމަންޓް/ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިވިޜަން/ އެޑްމިނިސްޓްރޭޝަން ސެކްޝަން |
|
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
|
އިތުރު އިނާޔަތްތައް: |
|
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެހައި މުދާ ހޯދުމުގެ މަސައްކަތްތައް ކުރުމާއި، ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުމާއި މީގެ އިތުރުން އިދާރީގޮތުން އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން |
|
ޝަރުޠު: އޭލެވެލް (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) އެޑްވާންސް ސަބްސިޑިއަރީ ހުށައަޅާ ފަރާތްތައް ވަޒީފާއަށް ދާއިމީ ކުރެވޭނީ އޭލެވެލް ނަތީޖާ ހުށަހެޅުމުން އެ ނަތީޖާއަށް ބަލާފައެވެ. |
||
މަޤާމު: |
އެސިސްޓަންޓް އޮފިސަރ،ހިއުމަން ރިސޯސް (ލެވެލް 1) |
|
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ސެކްޝަން: |
ކޯޕޮރޭޓް ސަރވިސް ޑިޕާޓްމަންޓް/ ހިއުމަން ރިސޯސް ޑިވިޜަން |
|
އަސާސީ މުސާރަ: |
-/4،000 ރުފިޔާ |
|
އިތުރު އިނާޔަތްތައް: |
|
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީގެ މުވައްޒަފުންނާއި، އަދި މުސާރައާބެހޭ މަސައްކަތްތަކާއި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްކުރުން |
|
ޝަރުޠު: އޭލެވެލް (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) އެޑްވާންސް ސަބްސިޑިއަރީ ހުށަހަޅާ ފަރާތްތައް ވަޒީފާއަށް ދާއިމީ ކުރެވޭނީ އޭލެވެލް ނަތީޖާ ހުށަހެޅުމުން އެ ނަތީޖާއަށް ބަލާފައެވެ. |
އެހެނިހެން ޝަރުޠުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
- ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.
މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 ޖޫން 2015 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 1415، ފެކްސް: 3316577
އީމެއިލް: [email protected]، ވެބްސައިޓް: www.mira.gov.mv
09 ޝަޢުބާން 1436