މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ސައިޓް ސުޕަވައިޒަރ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް 

 އެސް.ސީ.އެފް ގްރާންޓް ނަންބަރު:  TF017182

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސައިޓް ސުޕަވައިޒަރ

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ސައިޓް ސުޕަވައިޒަރެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ސައިޓް ސުޕަވައިޒަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެސްޕަޔަރ އަދި އެރައިޒް ޕްރޮޖެކްޓާއި ގުޅޭ ސައިޓްތަކުގައި އިމާރާތްކުރުމުގެ ހަރަކާތްތަކާއި ކުރެވޭ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ބެލުމެވެ. އަދި އެހެނިހެން ޒިންމާތަކުގެ ތެރޭގައި، އިމާރާތްކުރުމުގެ މިންގަޑުތައް ހިފަހައްޓާވަރު ބެލުމާއި މަސައްކަތާއި މަސައްކަތްތެރިކަމުގެ ފެންވަރުބެލުން ހިމެނެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން؛
  • އާންމު އިމާރާތްކުރުމުގެ މަސައްކަތުގެ މަދުވެގެން 2 އަހަރުގެ ތަޖުރިބާ އާއި މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ހުރުން؛
  • އިމާރާތް ކުރުމުގެ މަސައްކަތް ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ހުރުން؛ އަދި
  • އިންޖަނިއަރިންގ ދާއިރާއާއި ގުޅުން ހުރި ދާއިރާ އަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް(އީ.އޯ.އައި.)" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތް ކުރާނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރެވޭނީ IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށް އެކުލަވާލެވިފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޯގަސްޓު 18، 2024 ވަނަދުވަހުގެ 13:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އީމެއިލް މެދުވެރިކޮށް ނުވަތަ ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 2024 ގައެވެ.

މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" މި އިޢުލާނާއިއެކީގައި ޝާއިޢު ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019219

އީމެއިލް: [email protected]

[email protected]

08 އޮގަސްޓް 2024
ހޯދާ