އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު އައްޑޫ ހައި ސްކޫލްގެ ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލުން

 

 

އައްޑޫ ހައި ސްކޫލް

މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސ. ހިތަދޫ

                                                                   ނަންބަރު: GS58/IUL/2024/19

 

2024 ވަނަ އަހަރުއައްޑޫ ހައި ސްކޫލްގެ ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލުން

މި ފެށޭ ދިރާސީ އާ އަހަރު އައްޑޫ ހައި ސްކޫލުގެ ގްރޭޑް 11އާއި ބީޓެކް ކޯރސްތަކަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

އެކެޑެމިކް ސްޓްރީމްތަކަށް ވަނުމުގެ ޝަރުތު:

  •  ދަރިވަރު ކިޔަވަން ބޭނުންވާ މާއްދާއިން ނުވަތަ މާއްދާތަކުން ޡާނަވީ ނިންމާ އިމްތިޙާނަކުން ދަށްވެގެން "C" ފާސް ލިބިފައިވުން.

ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ ކޯހަށް ވަނުމުގެ ޝަރުތުތައް:

  1. ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2ގެ ޑިޕްލޮމާ ކޯހަކުން ދަށްވެގެން “PASS” ލިބިފައިވުން. ނުވަތަ
  2. އައި.ޖީ.ސީ.އެސް.ސީ.، ޖީ.ސީ.އީ. އޯ-ލެވެލް އިމްތިޙާނާއި އެސް.އެސް.ސީ. އިމްތިޙާނުގެ ކޮންމެވެސް 4 މާއްދާއަކުން (ކޯހާއި ގުޅޭ 2 މާއްދާ ހިމެނޭގޮތަށް) ފާސްވެފައިވުން.

މަތީ ޘާނަވީ ތަޢުލީމުގެ މަރުޙަލާއަށް ދަރިވަރުން ވަނުމަށް އިތުރަށްބަލާ ޝަރުތުތައް:

  • ޘާނަވީ ނިންމާ އިމްތިޙާނެއްގައި 01 މެއި 2023ގެ ފަހުން ބައިވެރިވެފައިވުން
  • ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފުވެފައިވާ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
  • ހިނގަމުންދާ އަހަރުގެ 31 ޑިސެމްބަރަށް 18 އަހަރު ފުރިފައި ނުވުން.

މި ސްކޫލަށް ވަނުމަށް ހުށަހަޅާފައިވާ، ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ފުރުސަތު ދެވޭނީ ސްކޫލުގައި ޖާގަ އޮތް މިންވަރަކަށް ބަލައި، ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށެވެ.

2024-2025ދިރާސީ އަހަރަށް އައްޑޫ ހައި ސްކޫލްގެ ގްރޭޑް 11އަށް ކުދިން ވެއްދުމަށް އެދޭ އެޕްލިކޭޝަން ފޯމް މި ސްކޫލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ (ނަތީޖާ ލިބުމުން ކޮޕީ ހަވާލުކުރާގޮތަށް ފޯމް ބަލައިގަނެވޭނެއެވެ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޕާސްޕޯޓް ސައިޒް ފޮޓޯ (ފޯމާއެކު ހުށަހަޅާ ފޮޓޯގެ އިތުރުން ފޮޓޯގެ ސޮފްޓް ކޮޕީއެއް "[email protected]" އަށް މެއިލް މެދުވެރިކޮށް ހުށަހަޅަން ވާނެއެވެ.

 

ފޯމް ބަލައިގަތުން:

 ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ސްކޫލް ރިސެޕްޝަނުން ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެވެ.

އޮންލައިންކޮށް ފޯރމް ހުށަހަޅަން އެދިލައްވާނަމަ، ސްކޫލުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް އެކަން ކުރެވޭނެއެވެ. 

ފޯރމް ފުރުމުގެ ކުރިން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ، ސްކޫލުގެ އޮފީހުގެ ރިސެޕްޝަނުން މަޢޫލޫމާތު  ސާފުކުރެއްވުމުގެ ފުރުސަތު ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ.

އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއިއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 22 އޮގަސްޓް 2024އެވެ.

 

ދަރިވަރުންގެ ރެޖިސްޓްރޭޝަން:

2024-2025 ވަނަ ދިރާސީ އަހަރު އައްޑޫ ހައި ސްކޫލް ގްރޭޑް 11އަށް ވަދެވޭ ދަރިވަރުންގެ ލިސްޓް 26 އޮގަސްޓް 2024 ގައި މި ސްކޫލްގެ  ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ.

 މަތީގައި ދެންނެވިފައިވާގޮތުގެ މަތިން ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04   ޞަފަރު  1446 ހ.

08   އޮގަސްޓް  2024 މ.

08 އޮގަސްޓް 2024
ހޯދާ