ދިވެހިރާއްޖެ
(IUL)GS34/2024/04 ނަންބަރު
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިމަދަރުސާގެ ކުޅޭބިމަށް ކަރަންޓްލުމުގެ މަސައްކަތްކުރުން.
މިމަދަރުސާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަދަރުސާގެ ކުޅޭބިމަށް ކަރަންޓްލުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު މިއިޢުލާނާއިއެކު ޢާއްމުކުރެވިފައިވާނެވެ.
ކޯޓޭޝަން ހުށަހެޅުން:
ކޯޓޭޝަން ބަލައިގަތުން އޮންނާނީ 12 އޮގަސްޓް 2024ވާ (ހޯމަ) ދުވަހުގެ 11:00ގައި މިމަދަރުސާގެ އޮފީހުގައެވެ.
މިމަސައްކަތުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ށ. އަތޮޅު މަދަރުސާ
އަމީނީ މަގު، ށ. ކަނޑިތީމު
ދިވެހިރާއްޖެ.
ފޯން: 6540035
އީ-މެއިލް:[email protected]