ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުމާއި ބެހޭ

                                         އިޢުލާން

                      މިއިދާރާއިން ދޫކުރާ ކަނޑުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ.

                      ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 15 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި ސިޓީ އަދި 3 މަސް ހަމަނުވާ ނުވާ ޕޮލިސް ރިޕޯޓް، އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކަނޑު ލައިސަންސް ގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ އަދި ނިޔަމި ކަމުގެ ސެޓްފިކެޓުގެ ކޮޕީ ހުށަހެޅުން އެދެމެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

  •  އެގްޒަމިންރުން ބޭނުންވާ ޢަދަދު: 1
  • އެގްޒަމިނަރުން ބޭނުންވާ މުއްދަތު: 03 އަހަރު ދުވަސް

ޝަރުތު

  • ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި  ނުވުން، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން ( 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯރޓް )
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން
  • ނިޔަމި ކޯސް ކެޓަގެރީ 2 ނުވަތަ އެއަށްވުރެ މަތިން ސެޓިފިކެޓް ހާސިލްކޮށްފައިވުން
  • މުއްދަތު ހަމަނުވާ އައި.ޑީކާޑުގެ ކޮޕީ

                                        މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

                                        02  ޞަފަރު 1446

08 އޮގަސްޓް 2024
ހޯދާ