ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
މި އޮފީހަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމު: ކަސްޓަމްސް އޮފިސަރ ގްރޭޑް 2
މުސާރަ: -/6,400 ރުފިޔާ
ސަރވިސް އެލަވަންސް: -/3,500 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 (-/2,240 ރުފިޔާ)
ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ
ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް: މާލެއާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތައް
ބޭނުންވާ އަދަދު: 02 (ދޭއް)
މަޤާމުގެ ޝަރުޠު: ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [އީ] ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިވުން.
މަޤާމު: އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ
މުސާރަ: -/5,000 ރުފިޔާ
ސަރވިސް އެލަވަންސް: -/3,500 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 (-/1,750 ރުފިޔާ)
ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ
ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް: މާލެ އާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތައް
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ޝަރުޠު: ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާ އެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިވުން.
މަތީގައި ދަންނަވާފައިވާ މަގާމުތަކުގައި މަސައްކަތްކުރާ މީހުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށްއެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު ކޮޕީ)
- ސްކޫލްގެ ލީވިންގ ސެޓްފިކެޓް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ
- މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެލިޔުންތައް
ސުންގަޑި:
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.
09 ޝަޢުބާން 1436