ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އަޕްގްރޭޑިންގ ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށިފައިވުމާއިއެކު ތިރީގައި މިދަންނަވާ ވަޒީފާތަކަށް ވަގުތީ (4 މަސް ދުވަހަށް) މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ސަޕޯޓް ސްޓާފް (ލޭބަރ ކެޓަގަރީ)
ބޭނުންވާ އަދަދު: 31
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ)
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން.
- އުމުރުން 25 އަހަރު ފުރިފައިވުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ ދެމެދު
މަޤާމު: ޑްރައިވަރ
ބޭނުންވާ އަދަދު: 04
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ)
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން.
- ޑްރައިވިންގ ލައިސެންސް B1 އަދި C1 އޮތުން.
- އުމުރުން 25 އަހަރު ފުރިފައިވުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ ދެމެދު.
މަޤާމު: އިކުއިޕްމަންޓް އޮޕަރޭޓަރ (ހެވީ ވެހިކަލް)
ބޭނުންވާ އަދަދު: 07
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ)
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން.
- އުމުރުން 25 އަހަރު ފުރިފައިވުން.
- C0, C2, C1, B0 އަދި D0 ކެޓަގަރީގެ ޑްރައިވިން ލައިސެންސްއޮތުން.
- V1 އަދި C1E ކެޓަގަރީގެ ޑްރައިވިންގ ލައިސެންސްއޮތް ފަރާތްތަކަށް އިސްކަންދެވޭނެ.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ ދެމެދު
މަޤާމު: ފޯރމަން
ބޭނުންވާ އަދަދު: 06
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ)
ޝަރުޠު:
- ގްރޭޑް 7ގެ ފެންވަރު ހުރުން (ގްރޭޑް 7ގެ ސްކޫލް ލީވިންގ ސެޓްފިކެޓް އޮތުން)
- އުމުރުން 25 އަހަރު ފުރިފައިވުން.
- ފޯރމަން ނުވަތަ ސުޕަވައިޒަރ މަގާމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ އާ ދެމެދު.
މަޤާމު: ވެލްޑަރ
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ)
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން.
- އުމުރުން 25 އަހަރުވުން.
- ވެލްޑިންގކުރަން އެގުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ އާ ދެމެދު.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތާ ބެހޭ މައުލޫމާތު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަމުގެ ލިޔެކިޔުންތަކުގެ ކޮޕީ
- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ
ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާ އެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 04 ޖޫން 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:
ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް
ހުޅުލެ، ދިވެހިރާއްޖެ
އިތުރު މަޢުލޫމާތު: ފޯނު –3325511
އެދި މި މަޤާމްތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
09 ޝަޢުބާން 1436ހ.