މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް 2024/2025 (2 ވަނަ ފަހަރަށް ޢިއުލާނުކުރުން)

   ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް 2024/2025

(2 ވަނަ ފަހަރަށް ޢިއުލާނުކުރުން)

މިއީ މި މިނިސްޓްރީން 12 ޖޫން 2024 ގައި ކުރެވުނު 103(IUL475-Schol/475/2024) ނަންބަރު އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ޝަރުތުހަމަވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

ޤައުމު: ޕާކިސްތާން

ބެޗްލަރސް ޑިގްރީ

ކޯހުގެ ލެވެލް

03 އެމް.ބީ.ބީ. އެސް

ކޯހުގެ ދާއިރާ:

ބެޗްލަރސް ޑިގްރީ

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.

2. އެމް.ބީ.ބީ.އެސް ކޯހަށް އެޕްލިކޭޝަން ހުށަހޅުއްވާ ކެންޑިޑޭޓުން ޖީ.ސީ.އީ އޭލެވެލް އިމްތިހާނުގެ ކެމިސްޓްރީ، ބައޮލޮޖީ އަދި ފިޒިކްސް ނުވަތަ ހިސާބު 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

3. ފާމަސީ ކޯހަށް އެޕަލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުން، ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ ކެމިސްޓްރީ، ބައޮލޮޖީ އަދި ފިޒިކްސް  މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާޞިލްކުރައްވާފައިވުން.

4. އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ.

ހ.CAE/CPE  އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS  އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ.TOEFL  550 އިން ފެށިގެން މަތި.

5. އެމްބީބީއެސް އަށް ކުރިމަތިލާ ކެންޑިޑޭޓުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުން.

6. އެދޭ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ.

5. 4 ޕާސްޕޯޓް ސައިޒް ފޮޓޯ (ނޮމިނޭޓްވުމުން ހުށައެޅުމަށް)

6. ފުރިހަމަކޮށްފައިވާ ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމްގެ އެޕްލިކޭޝަން ފޯމާއި އޭގައި ބަޔާންކޮށްފައިވާ ތަކެތި.

7. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

9. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

10. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

 

-މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ.

-މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ޕީ.ޓީ.އޭ.ޕީ ގެ ފަރާތުންނެވެ.

-މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން  މިމިނިސްޓްރީއިން ނޮމިނޭޓް  ކުރެވޭ ކެންޑިޑޭޓް  މިމިނިސްޓްރީން އެންގުމުން، ޕީ.ޓީ.އޭ.ޕީ ގެ އެޕްލިކޭޝަންއާއި އެއާއިއެކު ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް އަދި ކޮޕީ ސެޓެއް 12 އޮގަސްޓް 2024 ގެ 12:00 ކުރިން މިމިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. އަދި މި އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓުންނާއި ތިރީގައިވާ ލިންކް މެދުވެރިކޮށް ލިބޭނެއެވެ.

ވެބްސައިޓް: www.ead.gov.pk

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި: 11 އޮގަސްޓް  2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

07 އޮގަސްޓް 2024
ހޯދާ