|
މަޤާމު:
|
ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއިމަންޓް)
|
|
ބޭނުންވާ އަދަދު:
|
01
|
|
މުއްދަތު:
|
1 އަހަރު
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
|
|
މުސާރަ:
|
މަސައްކަތްކުރާ ގަޑިއަކަށް 45ރ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކޮންމެ ފަރުޟު އަދި ސުންނަތް ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި (އޭސީ ނުކުރާ މިސްކިތް)، ލައިޓްތައް ދިއްލުމާއި، ފަންކާތައް ޖެހުން (އޭސީ ނުކުރާ މިސްކިތް). އަދި ނަމާދުގެ ޖަމާޢަތް ނިމުމުން މީހުންނެތް ދިމާލުގައި ޖަހާފައިހުންނަ ފަންކާއާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވާލުމާއި ދޮރުތައް ލެއްޕުން.
- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިންނާއި 15 ފަހުން މިސްކިތް ފޮޅާ ސާފުކުރުމާއި ވަޅުދޮށާއި ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާތައް ރަނގަޅަށް ސާފްކުރުން
- މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތަކާއި އޭސީތަކާއި ދިއްލުންތައް ހަފްތާއަކު 1 ފަހަރު ފޮޅާ ސާފްކުރުމާއި މިސްކިތުގައި ޖަހާފައިވާ ދިއްލުމެއް އަނދައިފިނަމަ ލަސްނުކޮށް އެދިއްލުމެއް ނަގައި އައު ދިއްލުމެއް ހަރުކުރުން
- ކޮންމެ ދުވަހަކު ވެސް އިރު އޮއްސުމުގެ ކުރިން މިސްކިތުގައި ކޮންމެހެން ދިއްލަންޖެހޭ ލައިޓްތައް ދިއްލުމާއި، އިރުއެރުމަށްފަހު ކޮންމެހެން ނިންވަންޖެހޭ ލައިޓްތައް ނިންވުން
- މިސްކިތުގައާއި މަގުފާރުގައި އުނގުޅިފައި ހުންނަ ހަޑިތަކެތި ފެންޖަހައި ދުވަހުން ދުވަހަށް ސާފްކުރުމާއި މިސްކިތާއި ވުލޫކުރާ އިސްކުރުބަރީގައި ހޯނުފަދަ ދިރޭ ތަކެތި އުޅޭ ނަމަ އެތަކެތި އޮތްތަނަކުން ބޭރުކުރުން
- މިސްކިތުގައި ބިއްލޫރިން ދޮރުތައް ހަދާފައިވާނަމަ އެދޮރުތައް ވިންޑޯސް ކްލީން ލައިގެން ހަފްތާއަކު 1 ފަހަރު ދޮވެ ސާފް ކުރުން އަދި ބިއްލޫރި ނުލައްވާ ދޮރުތަކާއި ތޭރިތައްވެސް ހަފްތާއަކު 1 ފަހަރު ފޮހެ ސާފް ކުރުން
- ފުރާޅުގެ މައްޗާއި ދިޔަދޮވި ތެރެއަށް އެއްޗެއް ވެއްޓިފައިވޭތޯ ބަލައި ފުރާޅާއި ދިޔަދޮވި ސާފްކުރުން އަދި ވަޅު ހަޑިވުމުން ވަޅުދިޔަހިއްކާ ސާފުކުރުން
- މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޙާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދާ ފެންދީބެލެހެއްޓުމާއި، އަދި ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކި ބާވަތްތަކުގެ ގަސްތައް ރީތިކޮށް ކޮށުމާއި ވިނަތައް ނޮޅައި ސާފުކޮށް ބެލެހެއްޓުން
- ވުޞޫކުރާ އިސްކުރުބަރިއާއި ފާޚާނާގެތެރޭގައި ހަރުކޮށްފައިވާ އިސްކުރުން ފެންލީކްވޭތޯބަލައި ފެންލީކްވާނަމަ އެއިސްކުރު ބަދަލު ކުރުމާއި، މޯޓަރުން ފެން ލީކްވޭތޯ ބަލައި އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން
- މިސްކިތުގެ ހިފާގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން
- މިސްކިތުގައި ބޭއްވުމަށް އިންތިޒާމް ކުރާ ދީނީ ނަސޭޙަތްދިނުމަށް ތައްޔާރު ކުރަންޖެހޭ ކަންކަން ކުރުން
- ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކުން
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު ސްޕަވައިޒަރު މެދުވެރިކޮށް ކައުންސިލް އިދާރާއަށް އަންގަމުންގެންދިއުމުގެ އިތުރުން މިސްކިތުގައި ކުރަންޖެހޭ ކުދި ކުދި މަރާމާތުތައް ކުރުން
- މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ނުވަތަ އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލެއް މިސްކިތުގެ ސަރަޙައްދުގެ ތެރޭގައި ނުކުރުން
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްނބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކެޓްރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން
|
|
މަޤާމުގެ ޝަރުޠުތައް:
|
1. ލިޔަން ކިޔަން އެނގުން
ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 (ފަހެއް) ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)
ލިޔަން ކިޔަން އެނގޭކަމުގެ ލިޔުމެއް ހުށައަޅާފައި ނުވާނަމަ އެފަދަ މީހުންނަށް ލިޔަން ކިޔަން އެނގޭތޯ ބެލުމަށްޓަކައި މި އިދާރާގެ ފަރާތުން އިމްތިޙާން ކުރެވޭނެއެވެ.
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
ފޮޅާ ސާފުކުރުން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮގަސްޓު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބުރުނީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 18 އޮގަސްޓު 2024 އާއި 26 ސެޕްޓެންބަރު 2024 އާ ދެމެދު، ބުރުނީ ކައުންސިލްގެ އިދާރާގައެވެ.
|
|
މިއިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6780038 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ.
|