މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރުމެންޓް ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-260524

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

CS4-2

މަޤާމުގެ ކްލެސިފިކޭޝަން:

މީޓިއޮރޮލޮޖިކަލް ޓެކްނީޝިއަންސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ހުޅުލެ

މުސާރަ:

9800.00 ރ

ސަރވިސް އެލަވަންސް:

3750.00ރ

ސްޕެޝަލްޑިއުޓީ އެލަވަންސް:

3,430.00 ރ

އެހެނިހެން އެލަވަންސް:

  • ·         އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާ  60ރ
  • ފޯނު އެލަވަންސް ގެ ގޮތުގައި މަހަކު 150ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1 މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބޭނުން ކުރަމުންދާ މޫސުމާއި ބެހޭ ވިއުގަ އާއި މޫސުން ބެލުމަށް ބޭނުންކުރާ ހުރިހާ އާލަތްތަކާއި، ސިސްމިކް މޮނިޓަރިންގ އަދި ސުނާމީ ދުރާލާ އިންޒާރު ދޭ ނިޒާމާއި، މި ސަރވިސް ގެ އެންމެހާ ނެޓްވޯކް، ޓެލެކޮމިއުނިކޭޝަން، އިންފޮމޭޝަން ސިސްޓަމްސް އަދި އެނޫނަސް ގާއިމް ކުރެވިފައިވާ އެންމެހާއި އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުން.

2 ޝެޑިއުލް ކުރެވިފައިވާ ގޮތަށް މިސަރވިސްގައި ޤާއިމުކޮށްފައިވާ ސިސްޓަމްތަކާއި ނެޓްވޯކްކުތަކާއި، އެންމެހާ އާލާތްތައް ބެލެހެއްޓުން، އަދި ދިމާވާ މައްސަލަތަކާއި އެ މައްސަލަ ހައްލުކުރި ނުވަތަ މައްސަލަ ނިމުނު ގޮތުގެ ލޮގު އެކަމެއް ނިމޭތާ މަދުވެގެން 2 ދުވަސްތެރޭގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އެންޓަރކޮށް ބެލެހެއްޓުން.

3 އެންމެހާ އާލާތްތަކުގެ ކެލިބްރޭޓްކުރުމާއި އެކްސްޕޯޝަރ ކޮންޑިޝަން ހުރީ ކަނޑައެޅިފައިވާ ކޮލިޓީ ސްޓޭންޑަރޑަށްތޯ ބަލާ ޔަގީންކުރުން.

4 އަލަށްހޯދާތާ އާލާތްތަކާއި ސިސްޓަމްސްތަކާއި، ނެޓްވޯރކްތައް އިންސްޓޯލްކޮށް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި ތަމްރީނުތައްރާވާއި ހިންގުން.

5 އާލާތްތަކާއި ތަކެތި ހޯދުމަށް ބޭނުންވާ ޓެކްނިކަލް ސްޕެސިފިކޭޝަންސް، ޕްރޮޕޯސަލްސް ނުވަތަ އެނޫންވެސް މިފަދަ ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި، ހޯދުމާއި އަދި ލިބޭ ކޯޓޭޝަންތައް، އަދި ބިޑުތައްް އިވެލުއޭޓްކުރުމުގައި ބައިވެރިވުން.

6 ކޮންމެ ފަދަ ވަގުތެއްގައިވެސް ކާރިސާއެއް ނުވަތަ މޫސުމަށް އަންނަ ނޭދެވޭ ބަދަލެއްގެ ސަބަބުން މަސައްކަތަށް ވަގުތުން ނުކުމެވޭފަދަ ތައްޔާރީ ހާލަތެއްގައި ހުރެ މިފަދަ ހާލަތުގައި ލިބެންޖެހޭ އެންމެ ފުރިހަމަ ހިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން.

7 10 ފޫޓަށްވުރެ އުސް އެންޓަނާ ނުވަތަ އުސް ތަންތަނުގައި ބަހައްޓާފައިވާ މޫސުމާބެހޭ އާލާތްތައް މަރާމާތުކުރުން.

8 އިކްވިޕްމަންޓްސްތަކަށް ބޭނުންވާސްޕެއާރސްހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

9 ޖަނަރޭޓަރ، ޕެނަލް އަދި އެހެނިހެން އާލާތްތަކުގެ ލޮގް ފޮތްތައް ސެކްޝަން ހިންގުމާއި ޙަވާލުވެ ހުންނަ އިސް މުވައްޒަފެއްގެ ބެއްލެވުމުގެ ދަށުން ބެލެހެއްޓުން.

10 މިސަރވިސްގައި ކުރަންޖެހޭ މަރާމާތުތައް ކުރަމުންދާއިރު ސްޕަވައިޒް ކުރުމާއި، މަސައްކަތްކުރުމަށް ހެދިފައިވާ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިޔަށްދޭތޯބަލާ ޗެކްކުރުން.

11 އޮފީހުގެ މަސައްކަތުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި ހަދަންޖެހޭ އުސޫލުތައް ހެދުމާއި އަދި މި އުސޫލުތައް ހިފެހެއްޓުން.

12 މި ސަރވިސްގައި ދުއްވާ އެންމެހާ އުޅަނދެއްގެ މަރާމާތާއި، ސާފުކޮށް ދޮވުމާއި، މަސައްކަތާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ސުޕަވައިޒަރުގެ ހުއްދަ ކުރިން ހޯދާއިގެން ކުރުން.

13 ޔުނިޓްގައި މަސައްކަތް ކުރާ އެންމެހާއި މުވައްޒަފުންނާ މައުލޫމާތު ބަދަލުކުރުމާއި، ކުރެވޭ މަސައްކަތުގައި ވީ އެންމެ ފުރިހަމައަށް ޢަމަލީ ގޮތުން ބައިވެރިވުމާއި، މަސައްކަތެއް ނޭގޭނަމަ އެކަމެއް ދަސްކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމާއި ޔުނިޓަށް އަދި އޮފީހަށް ބޭނުންތެރި މަސައްކަތް ކުރެވޭ ފަދަ ފަންނީ އަދި ޢިލްމީ ޤާބިލް މުވައްޒަފަކަށް ވުމަށް ގަދަ އަޅާ މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަތީ ސާނަވީ އިމްތިޙާމުގެ މެތްސް/ފިޒިކްސް/ކެމިސްޓްރީ/ބައޮލޮޖީ/ޖިއޮގްރަފީ ގެ ތެރެއިން މެތްސް އާއި ފިޒިކްސް ހިމެނޭގޮތަށް، ކޮންމެވެސް 3 މާއްދާއަކުން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބި، ސެކަންޑަރީ ސްކޫލް ސެތްފިކެޓް އިމްތިޙާނުގައި ' އިނގިރޭސި ' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނޯޓް: މިމަޤާމަށް ވަޒީފާ ހަމަޖެހޭތާ 6 މަސް ދުވަހުގެ ތެރޭގައި WMO-IV ތަމްރީން ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލުކުރުން.

ތަޢުލީމީ ރޮނގު(ތައް):

  • ކޮމްޕިއުޓަރ ސައިންސް
  • ކޮމްޕިއުޓަރ އިންޖީނިއަރިންގ
  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
  • އިލެކްޓްރިކަލް އިންޖިނިއަރިންގ
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • މެކަޓްރޯނިކްސް އިންޖިނިއަރިންގ
  • މީޓިއޮރިލޮޖިކަލް އިންޖިނިއަރިންގ
  • މީޓިއޮރޮލޮޖީ

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ނެތް

ކޯ ޑިސިޕްލިން(ތައް):

  • ނެތް

ގުޅޭވަޒީފާގެ ދާއިރާތައް:

 މީޓިއޮރޮލޮޖީ

 

 (ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • މީޓިއޮރޮލޮޖީ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

https://www.meteorology.gov.mv/downloads/49/view

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ މީޓިއޮރޮލޮޖިކަލް ދާއިރާގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމުގެ އުޞޫލު 2021 ގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮގަސްޓް 15 ވަނަދުވަހުގެ 12:00ގެ ކުރިން، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށެވެ. ނުވަތަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ  [email protected]    އީމެއިލް އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 2024 އޮގަސްޓް 20 ވަނަދުވަހާއި 29 ވަނަދުވަހާއި ދެމެދު، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިސަރވިސްގެ3037225  / 3037215 ނަމްބަރ އަށެވެ. ނުވަތަ މިސަރވިސްގެ [email protected]  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"  (https://www.csc.gov.mv/policy/Index/51) އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ މީޓިއޮރޮލޮޖިކަލް ދާއިރާގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމުގެ އުޞޫލު 2021 މި ސަރވިސްގެ ވެބްސައިޓްގެ ޑައުންލޯޑްސް

( https://www.meteorology.gov.mv/downloads/80/view) އިން ލިބެން ހުންނާނެއެވެ.

07 އޮގަސްޓް 2024
ހޯދާ