ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކްގެ މަރާމާތާއި ބެހޭ:
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގެ ކުޑަކުދިންގެ ޕާކްގައި ކުރަންޖެހޭ ބައެއްކަހަލަ މާރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)366/2024/40 ގެ އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ރަޖިސްޓަރީ ކުރުން.
ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 12 އޯގަސްޓް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ބިޑު ހުށަހެޅުމާއި، ހުޅުވުން.
ބިޑު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 15 އޯގަސްޓް 2024 ވަނަ ދުވަހު 13:30 ގައި މިއިދާރާގައެވެ. މެއިލް މެދުވެރިކޮށް ބިޑުހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިޖެހުމުގެ ކުރިން ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.