ދިވެހިރާއްޖެ
ނަންބަރު:TENDER/URH/2024/10
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އޮޓޮމޭޓެޑް ކޯއެގްލޭޝަން އެނަލައިޒަރ، އަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ހޮސްޕިޓަލުން ގަންނަގޮތަށް، 3 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޯށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލަށް ބޭނުންވާ އޮޓޮމޭޓެޑް ކޯއެގްލޭޝަން އެނަލައިޒަރ، އަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ހޮސްޕިޓަލުން ގަންނަގޮތަށް، 3 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޯށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، 3 އަހަރު ދުވަހުގެ މުއްދަތަށް މަތީގައި ފާހަގަކޮށްފައިވާ ގޮތަށް އެ މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމާއި، އަދި މި މަސައްކަތުގެ ޕްރޮޕޯސަލް ހުށައެޅުއްވުންއެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) – 2024 އޯގަސްޓް 05 ވަނަ ދުވަހުން ފެށިގެން، 2024 އޯގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 އަށް އީމެއިލް: [email protected] ފޯނު ނަންބަރ: 6583007 ގޫގަލް ފޯމު ލިންކް:
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް ތާރީޚް: 2024 އޯގަސްޓް 20 ވާ އަންގާރަ ދުވަސް ގަޑި: 11:00 (މެންދުރު) |
މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓާއި، ބޭނުންވާ އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
01 ޞަފަރު 1446