ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ވެބްސައިޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސަރވިސަސްއަށް ވެބްސައިޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)447-CS3/447/2015/3) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަން ކޮށްދެއްވިދާނެ ފަރާތްތަކުން 09 ޖޫން 2015 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޖޫން 2015 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3323537 ފޯނަށް ގުޅުއްވުން އެދެމެވެ.

10 ޝަޢުބާން 1436     

28 މޭ 2015
ހޯދާ