ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑުގައި ގިނަދުވަސްވެފައިވާ މުދާތައް ނީލަންކިޔުމާއި ގުޅޭ

ހިތަދޫ ޕޯޓް ލިމިޓެޑުގެ ޢިއުލާން ނަންބަރު  HPL/ I-FIN/2024/02 ގައި ނީލަން ކިޔާފައިވާ މުދާތަކުގެ ތެރެއިން ނުވިކި ހުރި މުދާތަށް އަލުން ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަމާއި ބެހޭ އިތުރު ތަފްސީލު ތިރީގައި މިވަނީއެވެ.

1 .މުދަލުގެ އަދަދާއި ބާވަތް: ތަފްޞީލް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި

2 .ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:

ނީލަމުގައި ބައިވެރިވުން : މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި

މުދާ ބެލުން : ނީލަން ކިޔާ މުދާ ބެލުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހު ހެނދުނު 09:00 އިން 10:00 ގައި

ނީލަން ކިޔުން : ނީލަން ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހު ހެނދުނު 10:15 ގައި

ނީލަން ކިޔާ ތަން : ހިތަދޫ ޕޯޓް ލިމިޓެޑް (އެޑްމިން ބިލްޑިންގް)

* މުދާ ބެލުމާއި ނީލަމުގައި ބައިވެރި ވެވޭނީ ނީލަމުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. ނީލަމުގައި މުދާ ގަންނަ ފަރާތްތަކުން ގަންނަ މުދާ، ނީލަން ކިޔާ ދުވަހުން ފެށިގެން ގިނަވެގެން  7 ދުވަހުގެ ތެރޭގައި ގެންދަން ވާނެއެވެ. މިނީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ހިތަދޫ ޕޯޓް ލިމިޓެޑުގެ ވައިބަރ ނަންބަރު 7348558 އަށް މެސެޖު ކޮށްދެއްވުން އެދެމެވެ.

07 އޮގަސްޓް 2024
ހޯދާ