ދިވެހިރާއްޖެ
އިޢުލާނު
|
|||||||||||||||
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||||||||
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||
މަޤާމުގެ ރޭންކު: |
GS3 |
||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |
||||||||||||||
މުސާރަ: |
-/4,465 ރުފިޔާ |
||||||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި ބައްދަލުވުމުގެ ޔައުމިއްޔާ ބެލެހެއްޓުން. 2- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ނިންމުން ޗެކްކުރުމަށްޓަކައި ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުމާއި ފައިނަލްކުރުން. 3- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ފޮލޯއަޕް ޝީޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ނިންމުންތަކަށް ފިޔަވަޅު އެޅުނުތޯ ޔަޤީންކޮށް ކަށަވަރުކުރުން. 4- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ނިންމުމުގައި ހުރިހާ ފަނޑިޔާރުން ސޮއިކޮށް ނިމުމުން ސްކޭން ކުރުމަށްފަހު، ކަމާބެހޭ ވެރިންނަށް ނިންމުމުގައިވާ އައިޓަމްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ހިއްޞާކުރުން. 5- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ފަނޑިޔާރުން ސޮއިކުރައްވާފައިވާ ނިންމުން އަދި ޔައުމިއްޔާތަށް ފައިލްކޮށް ރައްކާތެރިކޮށް ބެލެހެއްޓުން. 6- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންތަކާއި ނިންމޭކަންތައްތައް ރެކޯޑްކޮށް ބެލެހެއްޓުމާއި ރެކޯޑްތައް ކޮންމެ ހަފްތާއަކު އެއްފަހަރު އަޕްޑޭޓް ކުރުން. 7- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރުންގެ ބިއުރޯ ސެކްޝަންތަކުގެ އައިޓަމްތަކަށް ސެކްޝަންގެ ވެރިމީހާގެ ލަފާގެ މަތިން ފިޔަވަޅު އެޅުން. 8- ފަނޑިޔާރުންގެ ބިއުރޯ ސެކްޝަންއަށް ލިބޭ ލިޔެކިޔުންތަކަށް ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތިން ފިޔަވަޅު އެޅުމާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 9- ފަނޑިޔާރުންނާ ގުޅުންހުރި އެންމެހައި ބައްދަލުވުންތައް ސެކްޝަންގެ ވެރިމީހާގެ ލަފާގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން. 10- އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެރިވެ ވަޑައިގަންނަވާ ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. 11- އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ރަސްމީ އަދި ނުރަސްމީ ދަތުރުފުޅުތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމަށް ޓަކައި އަންގަންޖެހޭ ސެކްޝަންތަކަށް އަދި ކަމާބެހޭ އެހެނިހެން އިދާރާތަކަށް އެންގުން. 12- އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހޮސްޕިޓަލް އަދި އެހެނިހެން ވީ.އައި.ޕީގެ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ހަމަޖެއްސުން. 13- އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވާ އެންމެހައި ކަންކަން ގަވާއިދާ އެއްގޮތަށް ހަމަޖައްސައިދިނުން. 14- ސެކްޝަންގެ މުވައްޒަފަކު ޗުއްޓީއެއްގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފެއްގެ މަސައްކަތާ ޙަވާލުވުން. |
||||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިން: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންތައް: |
|||||||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
|||||||||||||||
އެހެނިހެން ޝަރުޠު |
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭގޮތަށް)؛ 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭގޮތަށް)، ނުވަތަ 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ 2.4 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް) 2.5 އަނބިމީހާ ނުވަތަ ފިރިމީހާ؛ 2.6 ފަހަރި ނުވަތަ ޅިޔަނު (ތިމާ އިންދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛ 2.7 މައިދައިތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛ 2.8 ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛ 2.9 ދެބޭންގެ ދެދަރި މީހަކު ކަމުގައި ނުވުން. |
||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ)ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮގަސްޓު 2024 ގެ 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||
އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި،މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 18 އޮގަސްޓު 2024 އާއި 26 އޮގަސްޓު 2024 އާ ދެމެދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ. އިންޓަވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ. |
||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މިކޯޓުގެ www.supremecourt.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||
މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ. |