ދިވެހިރާއްޖެ
|
މަޤާމު |
އެޑްމިނިސްޓްރޭޓަރ |
|||||||||||||
|
މަޤާމުގެ ނަންބަރު: |
||||||||||||||
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
|||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
|||||||||||||
|
މަޤާމުގެ ރޭންކު: |
އެމް.އެސް. 3 |
|||||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
|||||||||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ނޫރާނީ ސްކޫލް/ ސ. ހިތަދޫ |
|||||||||||||
|
މުސާރަ: |
-/7035 ރުފިޔާ |
|||||||||||||
|
ސަރވިސް އެލަވަންސް |
-/2000 ރުފިޔާ |
|||||||||||||
|
އެހެނިހެން އެލަވަންސް: |
01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 04. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯރޓިން ކޯ އެލަވަންސް މަހަކު -/900 ރުފިޔާ 05. ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މަހަކު (2462.25) މުސާރައިގެ %35 |
|||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއިއެކު މުވައްޒަފުންގެ މުސާރަޝީޓްތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި މަސް ނިމުމުން މުވައްޒަފުންނަށް މުސާރަލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ސަރުކާރުގެ އޮފީސްތަކަށް މަހުން މަހަށް ފޮނުވަންޖެހޭ ފައިސާއާއި ގުޅުންހުރި އެންމެހައި ރިޕޯޓްތައް ފޮނުވުން އަދި ސްކޫލްގެ އިދާރީ ކަންކަމާއި ގުޅޭ މަސައްކަތްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި އެ ކަންކަން ހަރުދަނާ ކުރުމަށް ކުރެވެން ހުރި މސައްކަތް ކުރުން. 2. އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ކިޔަވައިދިނުމާއި އެހެނިހެން ކަންކަމުގައި ސްކޫލަށް ހޯދާތަކެތީގެ ސްޓޮކް ބަލަހައްޓާ، ސްކޫލުގައި ޚިދުމަތްދިނުމަށް ދަތިނުވާނޭގޮތުގެމަތިން އެތަކެތި ހޯދުން އަދި ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ސްކޫލަށް ހޯދާތަކެއްޗާއި ޚިދުމަތާއިގުޅިގެން އެކިއެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިންވީ އެންމެ އަވަހަކަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި، މަހުންމަހަށް ބަޖެޓް އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ސްކޫލުގެ އެންމެހައި ޢިމާރާތްތަކާއި، ހަރުމުދަލުގެ ރަޖިސްޓްރީ (އިންވެންޓްރީ) ބެލެހެއްޓުމާއި، މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވާތަކެތި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ނީލަންކިޔާ ނައްތާލުން. 3. ސަރުކާރުގެ ފައިސާއާއި ބެހޭ ޢާންމު ޤަވާޢިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު މިޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.އަދި އެއަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން. 4. ސްކޫލުގެ ޢިމާރާތާއި ފަރުނީޗަރ މަރާމާތުކުރަންޖެހޭ ޙާލަތްތަކުގައި، ސްކޫލުގެ ބަޖެޓްގެ ތެރެއިން ކުރެވެންހުންނަ މަރާމާތުތައް ކިޔަވައިދިނުމާއި ކިޔަވައިދިނުމާއި ގުޅުން ހުންނަ ކަންތައްތަކަށް ދަތި ނުވާނެހެން މަރާމާތުކޮށް ބެލެހެއްޓުން. އަދި ސްކޫލުގެ ބަޖެޓްތެރެއިން ޚަރަދުކުރަން ދަތިވާ މަރާމާތުތައްކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހަޅައިގެން މަރާމާތުކުރުމަށް މަސައްކަތްކުރުން. 5. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ސްކޫލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުންފަދަ މުވައްޒަފުންނާއިގުޅޭ އެންމެހާ މަސައްކަތްތައްކުރުމާއި، އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާއިމެދު ދިވެހި ސިވިލް ސާވިސްގެ ޤަވާޢިދުގެދަށުން އިސްލާޙީ ފިޔަވަޅުއެޅުން. 6. ސްކޫލު މާޙައުލަކީ ދަރިވަރުންނަށް ކިޔެވުމަށްފަހި، އަދި ސިއްޙީގޮތުން ރައްކާތެރި ތަނެއްކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ސްކޫލުގެ އިދާރާގެ އެހީތެރިކަމާއެކު ކުރަމުންގެންދިޔުމާއި، ސަރުކާރުން ކުރިއަށްގެންދާ ނާސްތާ ޕްރޮގުރާމުގެ އެންމެހާ އިދާރީ މަސައްކަތްތައް ވިލަރެސްކުރުން. 7. ސްކޫލުގެ އިދާރީ މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، މަސައްކަތު ފެންވަރު ބަލާފޯމްތައް ސިވިލްސަރވިސް އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ފުރުމާއި ރިވިއުކުރަމުން ގެންދިއުމާއި، ކޮންމެ އަހަރެއްވެސް ފެށުމުން ސްކޫލުގެ އިދާރީ މުވައްޒަފުންގެ ޗުއްޓީ ތާވަލު އެކުލަވާލުމާއި އިދާރީ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތްތައް ބެލެހެއްޓުން. 8. ސްކޫލް ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރު ކުރުމުގެ ގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ކުރުން. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ކޮންމެ އަހަރަކުވެސް ކުރިއަށް އޮންނަ 3 އަހަރަށް ސްކޫލުގެ ބަޖެޓް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތައްކުރުން. 9. ކަނޑައެޅިފައި އޮންނަ އުޞޫލެއްގެތެރެއިން 24 ގަޑިއިރު ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކަނޑައެޅިފައި އޮންނަ ނިޒާމެއްގެ ތެރެއިން ސްކޫލުގެ ކިޔަވައިދިނުމާއި އެކިއެކި ޙަރަކާތްތަކަށްދަތިނުވާނެހެން ސްކޫލުގެ އޮފީސް ހުޅުވާ ލެއްޕޭނެ އިންތިޒާމު ހަމަޖެއްސުން. |
|||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 މަތީގެ ސަނަދެއް ހާޞިލްކޮށްފައިވުން. |
|||||||||||||
|
މަޤާމުގެތަޢުލީމީ ރޮނގުތައް: |
|
|||||||||||||
|
މަޤާމުގެ ކޯ ޑިސިޕްލިންގ: |
ނެތް |
|||||||||||||
|
މަޤާމުގެ ޕްރިފާރޑް ޑިސިޕްލިންތައް: |
|
|||||||||||||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް |
- އެޑްމިނިސްޓްރޭޝަން - މެނޭޖްމަންޓް |
|||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. |
||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13އޮގަސްޓް 2024 ގެ 13:30 ކުރިން، ނޫރާނީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ޕީ.ޑީ.އެފް އެއްފައިލް އަކަށް އެޓޭޗްކޮށް (އެޕްލިކޭޝަން ފޯމް، އައިޑީ. ކާޑު ،ސީވީ ،ސެޓްފިކެޓް އަދި އެހެނިހެން ލިޔުންތައް ތަރުތީބުން) އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|||||||||||||
|
އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 15 އޮގަސްޓް 2024 އާއި 22 އޮގަސްޓް 2024 އާ ދެމެދު، ނޫރާނީ ސްކޫލް ގައެވެ. |
|||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||||||||||
|
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885917 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ. |