ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމް: |
ސްޕޯޓްސް ސުޕަވައިޒަރ |
||
މަޤާމް ނަންބަރު: |
188-OD/22/2015/14 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމް ގިންތި: |
ދާއިމީ |
ސެކްޝަން: |
އިދާރީ |
މުސާރަ: |
-/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1500 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ އޮފީސް: |
އދ. އަތޮޅު މަދަރުސާ / އދ. މާމިގިލި |
||
މަޤާމުގެ ޝަރުޠުތައް: |
|
||
މަޤާމުގެ މަސްއޫލިއްޔަތު:
|
1- ސްޕޯޓްސް އިންސްޓްރޫމެންޓުގެ އިންވެންޓްރީ ގަވައިދުން ލިޔެ ބެލެހެއްޓުން. 2- އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމާއި، ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ފެސިލިޓީޒްތައް، ކުދިންނަށް ދަތިނުވާގޮތަށް ފޯރުކޮށްދިނުން. 3- ސްޕޯޓްސްއަށް ބޭނުންކުރާ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަދަ ތަކެތި ހަލާކުވުންފަދަ ކަމެއް ވެއްޖެނަމަ، އެޑްމިންއަށް އެކަން އަންގައިގެން އެތަކެތި ހޯދުން. 4- ޓައިމްޓޭބަލާ އެއްގޮތަށް ޕީ.އީ ގަޑިތައް ގެންދާއިރު ޓީޗަރުންނަށް އެހީތެރިވުން. 5- ޕީއީއަށް ބޭނުންކުރެވޭ ތަކެތި ރަނގަޅަށް އެނގިފައިވުމާއި، ތަކެތި ގެންގުޅޭނެގޮތާމެދު ޓީޗަރުންނަށް މަޢުލޫމާތާއި ލަފާދިނުން. 6- ޕީއީ ގަޑިތަކުގައި ބޭނުންކުރާ ތަކެތި ފަސޭހަކަމާއެކު ބޭނުންކުރަން ލިބޭނެގޮތަށް ތަކެތި އިންތިޒާމްކޮށްފައި ބެހެއްޓުން. 7- އެކިއެކި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ ވާހަކަދައްކައިގެން މުބާރާތްތަކަށް ދަތިނުވާނެހެން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުވުމާއި، ބައިވެރިކުރާ ޓީމު ނެގުމުގައި އެހީތެރިވުން. 8- ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ސްޕޯޓްސް ހަރަކާތްތަކާއި، ޕީއީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ހުށަހެޅުން. |
||
އިތުރު އެލަވަންސްތައް: |
- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500.00 ރުފިޔާ ލިބޭނެއެވެ. - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް: |
|
||
އިންޓަވިއުކުރުން: |
މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 ޖޫން 9 އާއި 15 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަވިއުކުރާ ގަޑި، އިންޓަވިއުކުރުމުގެ 3 ދުވަހުގެ ކުރިން އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، އދ. އަތޮޅު މަދަރުސާގައެވެ. |
||
ސެޓްފިކެޓްތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން: |
ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ، އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް، 2015 ޖޫން 8 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އދ. އަތޮޅު މަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. |
||
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ، އދ. އަތޮޅު މަދަރުސާގެ 6680021 ނަންބަރު ފޯނާއެވެ. މޯބައިލުންނަމަ 9867878 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6680757 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. |
13 ސަޢުބާން 1436